20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ބިޒްނަސް ކޮންވެންޝަން 2019

ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ކޮންވެންޝަން 2019 ފަށައިފި

  • ކޮންވެންޝަންގައި 150 ފަރާތަކުން ބައިވެރިވާން ހަމަޖެހިފައިވޭ
  • ވާޗުއަލް ކެމްޕަސް ފެސިލިޓީ މެދުވެރިކޮށް އަތޮޅުތެރޭގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ވެސް މި ކޮންވެންޝަންގައި ބައިވެރިވޭ
އަމަން ހަލީމް | soupized

| 26 ފެބުރުވަރީ 2019 | އަންގާރަ 10:21 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ބިޒްނަސް ކޮންވެންޝަން 2019 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވޭ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ބިޒްނަސް ކޮންވެންޝަން 2019 ފަށައިފިއެވެ.

ދަރުބާރުގޭގައި ކުރިޔަށްދާ ކޮންވެންޝަންގެ މި ފަހަރުގެ ޝިއާރަކަށް ހަމަޖައްސާފައި ވަނީ "ދެމެހެއްޓެނިވި ނޫ އިގްތިސާދަކަށް އަމާޒުކުރުން" މިއެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރަރ އޮފް ކޮމްޕެނީޒް މަރްޔަމް ވިސާމް ވިދާޅުވީ، މި ކޮންވެންޝަންގެ މަގްސަދަކީ ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ކުރިމަތިވާ މައްސަލަތަކަށް ހޯދޭނެ ހައްލެއް ވިޔަފާރިވެރިންގެ ތެރޭގައި މަޝްވަރާކުރެވި އެކަންކަން ސަރުކާރާއި ހިއްސާކުރުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ ކޮންފަރެންސްތަކުގެ ނަތީޖާއެއްގެ ގޮތުން ވިޔަފާރި ކުރާ ފަރާތްތަކަށް ދިމާވާ މަައްސަލަތައް ސަރުކާރާ ހިއްސާކުރެވި، ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގެ އެ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރަން ފުރުސަތު ލިބިގެންދާނެކަމަށް" ވިސާމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ކޮންވެންޝަންގައި 150 ފަރާތަކުން ބައިވެރިވާން ހަމަޖެހިފައިވާ އިރު، ވާޗުއަލް ކެމްޕަސް ފެސިލިޓީ މެދުވެރިކޮށް އަތޮޅުތެރޭގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން ވެސް މި ކޮންވެންޝަންގައި ބައިވެރިވާ ކަމަށް ވިސާމް ވިދާޅުވިއެވެ.

މި ކޮންވެންޝަންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސަރުކާރުގެ އިދާރާތަކާއި މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އަދި ބޭންކިން އާއި އިންޝޫރެންސް ފޯރުވައިދޭ ފަރާތްތަކުން ފޯރުވައިދޭ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަދާފައިވާ ނޮލެޖް ހަބް ވެސް ހުޅުއްވައިދެއްވާފައެވެ. ނޮލެޖް ހަބްގެ ބޭނުމަކީ މި ކޮންވެންޝަންގެ ތެރެއިން އެ ތަންތަނުން ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ވިޔަފާރިތަކަށް ލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ މައުލޫމާތު ދީފައެވެ.

ދެ ދުވަހުގެ މުއްދަތަކަށް ބާއްވަން ހަމަޖެހިފައިވާ ކޮންވެންޝަންގެ ފުރަތަމަ ދުުވަހު މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަރުދާސްތަކަކީ ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކްޝަން ވިޔަފާރިތަކަށް ދިމާވެފައިވާ މައްސަލަތަކާއި، ވިޔަފާރި ތައުލީމު އަދި ޓެކްނޮލޮޖީއާއި، އައިސީޓީ ދާއިރާގެ ވިޔަފާރިތަކަށް ކުރިމަތިވާ މައްސަލަތައް އަދި ކާނާގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވާ މައްސަލަތައް ކަމަށް ވިސާމް ވިދާޅުވިއެވެ.

މި ކަރުދާސްތައް ހުށައަޅަައި ނިމުމުން ވިޔަފާރިވެރިންގެ މެދުގައި މަޝްވަރާ ކުރަން ގްރޫޕް ޑިސްކަޝަންތަކެއް ބޭއްވުމަށް ފަހު، ކޮންވެންޝަންގެ ފުރަތަމަ ދުވަހުގެ ސެޝަން ނިންމަން ހަމަޖެހިފައިވަނީ އެ މަޝްވަރާތަކުގެ ކުރު ހުލާސާއަކާއި އެކު ކުރިމަގަށް ކުރެވޭނެ މަސައްކަތްތަކަށް އަލިއަޅުވާލާ ބާއްވާ ޕްރެޒެންޓޭޝަންއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް