16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޔޫކްރެއިން މައްސަލަ

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

  •  ބަރު ހަތިޔާރު އެތަނުން ނެގުމަކީ މިންސްކް އެއްބަސްވުމުގެ އެއްބައި
އަބުދުﷲ މުހައްމަދު | 8Abbo

| 19 ފެބުރުވަރީ 2017 | އާދީއްތަ 15:21 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. އެމްއެމްޕީއާރުސީގެ ތަހުގީގު ރިޕޯޓް އާންމުކޮށްފި


ޔޫކްރެއިންގެ ރައީސް ޕެޓްރޮ ޕްރޫޝެންކޯވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޕާސްޕޯޓް ބަލައިގަތުމަށް ރަޝިއާއިން ނިންމި ނިންމުން ކުށްވެރިކޮށްފައި -- ގޫގުލް

ޔޫކްރެއިންގެ އިރުމަތީގައި ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ހަނގުރާމަވެރިން އަމިއްލައަށް އުފައްދާފައިވާ ރިބެލް ރިޕަބްލިކްގެ ޕާސްޕޯޓާއި ކާކުކަން އަންގައިދޭ އެހެނިހެން ލިއުންތައް ރަޝިއާއިން ވަގުތީ ގޮތުން ބަލައިގަންނަން ނިންމާފައިވާކަމަށް ރަޝިއާގެ ރައީސް ވްލާޑިމިއާރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާއަށް ތާއީދުކުރާ ހަނގުރާމަވެރިންނާއި ޔޫކްރެއިންގެ އަސްކަރިއްޔާއާ ދެމެދު އަނެއްކާވެސް ހަމަލާ ބަދަލުކުރުންތައް ފެށިފައިވާއިރު ފާއިތުވެ ދިޔަދެތިން ހަފްތާއެއްގެ ތެރޭގައި އެތައްބަޔަކުވަނީ މަރުވެފައެވެ.

ޔޫކްރެއިންގެ ރައީސް ޕެޓްރޮ ޕްރޫޝެން ކޯވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޕާސްޕޯޓް ބަލައިގަތުމަށް ރަޝިއާއިން ނިންމި ނިންމުން ކުށްވެރިކޮށްފައެވެ.ނަމަވެސް ރަޝިއާގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވަނީ އެއީ އިންސާނިއްޔަތުކަމުގެ އަމަލެއްކަމަށެވެ.

ސަރްގޭ ލަވްރޯވް މީގެ އިތުރުން ވިދާޅުވެފައިވަނީ އެ ސަރަހައްދުން ބަރު ހަތިޔާރު ނެގޭނެ ކަމަށާއި ހޯމަ ދުވަހުން ފެށިގެން ހަމަލާ ބަދަލުކުރުން މެދުކަނޑާލެވޭނެ ކަމަށެވެ.

އޭނާ މިވަގުތު ހުންނެވީ ނޭޓޯގެ ކޮންފަރެންސަކަށް ވަޑައިގެން މިއުނިކްގައެވެ.

މިވަގުތު މިއުނިކްގައި ހުންނެވި އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ވިދާޅުވީ އެމެރިކާއިން ރަޝިއާ ޖަވާބުދާރީ ކުރުވުން ކުރިޔަށް ގެންދާނެކަމަށެވެ.

އަދި 2015 ވަނަ އަހަރު  ހަނގުރާމަ ހުއްޓާލުމަށް ބެލަރުސްގެ މިންސްކްގައި ވެވުނު އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ރަޝިއާއަށް ޑިމާންޑް ކުރައްވާނެ ކަމަށެވެ.

 ބަރު ހަތިޔާރު އެތަނުން ނެގުމަކީ މިންސްކް އެއްބަސްވުމުގެ އެއްބައެވެ.

ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން އެތައް ހާސް ބަޔަކު ގެންދަނީ ރަޝިއާއިން ރެފިއުޖީންގެ ގޮތުގައި ހިމާޔަތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް