25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ދެކުނު ޗައިނާ ކަނޑުގެ މައްސަލަ

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

  • ޗައިނާއިން ދަނީ ރަށްތައް ތަރައްގީކުރަމުން
އަބުދުﷲ މުހައްމަދު | 8Abbo

| 19 ފެބުރުވަރީ 2017 | އާދީއްތަ 14:42 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ޔޫއެސްއެސް ކާލް ވިންސަންގެ 35 އަހަރުގެ ޚިދުމަތުގައި އެ އުޅަނދު އެ ސަރަހައްދަށް 16 ދަތުރެއް ކޮށްފައިވޭ -- ގޫގުލް

އެމެރިކާގެ އަސްކަރިއްޔާގެ މަތިންދާ ބޯޓް އުފުލާ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ކާލް ވިންސަން އާއި ހަނގުރާމަމަތީ އިތުރު މަނަވަރުތައް ބޭނުންކޮށްގެން ދެކުނު ޗައިނާ ކަނޑުގައި ޕެޓްރޯލް ކުރަން ފަށައިފިއެވެ.

އެމެރިކާއިން ބުނާ ގޮތުގައި މިއީ ރޫޓިން އޮޕަރޭޝަނެކެވެ.

ދެކުނު ޗައިނާ ކަނޑަށް އެމެރިކާގެ އުޅަނދުތައް ވަދެފައިމިވަނީ ޗައިނާގެ ފޮރިން މިނިސްޓްރީއިން އެގައުމުގެ އިސްތިގުލާލާ ގުޅޭ ގޮތުން އެމެރިކާއަށް އިންޒާރު ދީފައިވަނިކޮށެވެ.

އެސަރަހައްދުގައި ހިމެނޭ ގިނަ ފިނޮޅުތަކާއި ކުދި ރަށްތަކާއި، ފަރުތަކަކީ ޗައިނާގެ ތަންތަން ކަމަށް އެގައުމުން ދައުވާކުރެއެވެ.

ޗައިނާއިން ދެކުނު ޗައިނާ ކަނޑު ހިއްކައިގެން ރައްތަކެއް އުފައްދައި އެ ތަންތަނުގައި ރަންވޭތައް އަޅަމުންގެންދާތާ އަހަރުތަކެއްވެއްޖެއެވެ.

މަތިންދާ ބޯޓް އުފުލާ މި މަނަވަރު އެންމެ ފަހުން ދެކުނު ޗައިނާ ކަނޑުން ފެނިފައިވަނީ މީގެ ދެ އަހަރު ކުރިން މެލޭޝިއާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނާއެކު ތަމްރީނުތަކެއްގައި މަސައްކަތް ކުރަނިކޮށެވެ.

ޔޫއެސްއެސް ކާލް ވިންސަންގެ 35 އަހަރުގެ ޚިދުމަތުގައި އެ އުޅަނދު އެ ސަރަހައްދަށް 16 ދަތުރެއް ކޮށްފައިވެއެވެ.

ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ ގިނަ އިރުތަކެއްނުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެކުނު ޗައިނާ ކަނޑު ޗައިނާއިން ނެގުން ހުއްޓުވާނެ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މިދިއަ ބުދަ ދުވަހުވަނީ އެމެރިކާއިން ޗައިނާގެ ސަލާމަތާ އިސްތިގުލާލަށް ގޮންޖަހައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެދިވަޑައިގެންފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް