20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ހާމިދު އަބްދުލްގަފޫރު

ޖަޒީރާވަންތަ ގޮތަކަށް އަސާސީ ގަވައިދު ބަދަލުކުރެވިއްޖެނަމަ، އެފްއޭއެމްއަށް ޝައުގުވެރިކަން އެބަހުރި: ހާމިދު

 • ކޮންގްރެސް ބާއްވަން ސޮއިކުރި 12 ކްލަބް އެއްތަންވާންޖެހޭ
 • ކްލަބްތައް ނުދިރި އޮތީ ސަރުކާރުން ކްލަބްތައް ދެކެ ޖެހިލުންވާތީ
 • ކްލަބްތަކަށް ފައިސާ ދިނުމުގެ އިތުރުން ކްލަބްތަކަށް އެހެން ގޮތްގޮތަށްވެސް އެހީވާންޖެހޭ
ލީވާން އަލީ | MrLeevaan

| 24 ފެބުރުވަރީ 2019 | އާދީއްތަ 09:56 | |

މަގުބޫލް

 1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
 2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
 3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
 4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
 5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
 6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
 7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
 8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ހާމިދު އަބްދުލްގަފޫރު - ހާމިދަކީ އެފްއޭއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް -- ސަން

ޖަޒީރާވަންތަ ގޮތަކަށް އަސާސީ ގަވައިދު ބަދަލުކުރެވިއްޖެނަމަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ޝައުގުވެރިކަން ހުރިކަމަށް އެ އިދާރާގެ ކުރީގެ ސެކެޓްރީ ޖެނެރަލް ހާމިދު އަބްދުލްގަފޫރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހާމިދު ވިދާޅުވީ، ދުނިޔެއަށް ސާމްޕަލްއަކަށްވާވަރުގެ ޖަޒީރާވަންތަ ގޮތަކަށް އެފްއޭއެމްގެ އަސާސީ ގަވައިދު ބަދަލުކުރަން ސަރުކާރާއި، ކުޅުންތެރިންނާއި، ރަށްރަށާއި، އަދި ކްލަބްތަކުގެ ޝައުގުވެރިކަން އެބަހުރި ކަމަށެވެ. އެގޮތުން ހާމިދު ވިދާޅުވީ، އަސާސީ ގަވައިދު ބަދަލުކޮށް، އެހިސާބަށް ދެވިއްޖެނަމަ، އެފްއޭއެމްއަށް ޝައުގުވެރިވާ ކަމަށާއި، ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރަން ރަނގަޅު ކަމެއް ކަމަށެވެ.

ހާމިދު ވިދާޅުވީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ސޮއިކުރި 12 ކްލަބް އެއްތަންވާންޖެހޭ ކަމަށާއި، އެފްއޭއެމްއާ ނެގޯޝިއޭޓްކުރަންޖެހޭ ކަމަށެވެ. އަދި އެފްއޭއެމްގެ ވެރިން އެކަމާ އެއްގޮތަށް އަމަލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

މީގެއިތުރުން ވިކްޓްރީން ހުށަހެޅި ޕެޓިޝަނަކީ ވަރަށް ވަރުގަދަ ޕެޓިޝަނެއް ކަމަށާއި، އެ ޕެޓިޝަން އެކުލަވާލަން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް ހާމިދު ވަނީ ވިދާޅުވެފައެވެ.

ހާމިދު ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައި ސަރުކާރަށް ދިވެހި ރާއްޖޭގެ ކްލަބްތައް ސިފަވެފައި އޮތީ ސިޔާސީ ބޭނުމަށް އުފައްދާފައިވާ ތަންތަން ކަމަށާއި، ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތުން ހާމިދު ވިދާޅުވީ، ކްލަބްތައް ނުދިރި އޮތީ ސަރުކާރުން ކްލަބްތައް ދެކެ ޖެހިލުންވާތީ ކަމަށާއި، ނަމަވެސް ސަރުކާރުން ކްލަބްތައް ދެކެ ޖެހިލުންވާން ނުޖެހޭ ކަމަށެވެ.

ހާމިދު ވިދާޅުވީ، ކްލަބްތައް ދިރެން ފުރުސަތު ދޭންޖެހޭ ކަމަށާއި، ކްލަބްތަކުން މަސައްކަތް ކުރަނީ ބޯޅަ ކުޅެން ކަމަށެވެ. އަދި ކްލަބްތަކަށް ފައިސާ ދިނުމުގެ އިތުރުން ކްލަބްތަކަށް އެހެން ގޮތްގޮތަށްވެސް އެހީވާންޖެހޭކަމަށްވެސް ހާމިދު ވިދާޅުވިއެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ބޭނުންވަނީ 12 ކްލަބެއްގެ ސޮއެވެ. އެގޮތުން އެފްއޭއެމްއަށް ވިކްޓްރީން ހުށަހަޅާފައިވާ ސިޓީއާ އެއްގޮތަށް 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަންޖެހެއެވެ. ނަމަވެސް ފީފާގެ އިރުޝާދާއެކު، އެފްއޭއެމުން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވަން ނިންމާފައެވެ.

އެފްއޭއެމްއިން މިހެން ނިންމިޔަސް، ފީފާ އާއި އޭއެފްސީގެ ޓީމެއް އަންނަ މަހު ތިންވަނަ ދުވަހު އަދި ހަތަރުވަނަ ދުވަހު ދިމާވެގެން އުޅޭ މައްސަލައާ ގުޅޭގޮތުން ރާއްޖޭގެ ކްލަބްތަކާ މަޝްވަރާކުރާނެއެވެ. އަދި އެ މަޝްވަރާއަށްފަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ނިންމުމަކީ ކައިރި ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް