22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އާސެން ވެންގާ

ސްޕޯޓިން ޑައިރެކްޓަރަކަށް ވެންގާ ގެންނާކަށް ނޫޅެން: ޕީއެސްޖީގެ ރައީސް

  • ޕީއެސްޖީގައި މިވަގުތު ސްޕޯޓިން ޑައިރެކްޓަރަކީ އެންޓީރޯ ހެންރިކް
ލީވާން އަލީ | MrLeevaan

| 23 ފެބުރުވަރީ 2019 | ހޮނިހިރު 11:57 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އާސެން ވެންގާ -- ގެޓީ އިމޭޖާސް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ސްޕޯޓިން ޑައިރެކްޓަރ ގެ މަގާމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ގެންނަން ނޫޅޭ ކަމަށް އެ ކްލަބްގެ ރައީސް ނަސީރު އަލް ހެލައިފީ ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަލް ހެލައިފީ ވިދާޅުވީ، ޕީއެސްޖީގައި މިވަގުތު ސްޕޯޓިން ޑައިރެކްޓަރަކީ އެންޓީރޯ ހެންރިކް ކަމަށާއި، އޭނާއަކީ ވަރަށް އިތުބާކުރާ މީހެއް ކަމަށެވެ.

އަލް ހެލައިފީ ވިދާޅުވީ، ހެންރިކް އޭނާގެ ވަޒީފާ ވަރަށް ރަނގަޅަށް އަދާކުރަމުން އަންނަ ކަމަށާއި، އޭނާ ހުންނާނީ އެ މަގާމުގައި ކަމަށެވެ.

މީގެއިތުރުން އަލް ހެލައިފީ ވިދާޅުވީ، ވެންގާ އާއި އޭނާއާ ދެމެދު ވަރަށް ގުޅުން ރަނގަޅުވާނެ ކަމަށާއި، އެއީ ވަރަށް އިހުތިރާމް ކުރާ ކޯޗެއް ކަމަށެވެ. ނަމަވެސް ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރަކަށް ވެންގާ ގެންނަން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އާސެނަލްގެ ކޯޗުގެ މަގާމާ ވެންގާ ހަވާލުވީ 1996 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ޕްރިމިއާ ލީގުގައި އޭނާ އެ ޓީމަށް 823 މެޗުގައި އިރުޝާދު ދީފައިވާއިރު މިއީ ރެކޯޑެކެވެ.

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލް އިން 1549 ލަނޑު ޖަހާފައިވާއިރު އޭނާ އެ މަގާމު ދޫކޮށްލީ ސަޕޯޓަރުންގެ ފަރާތުން ވޭތުވެދިޔަ ދެ ސީޒަނުގައި އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ އާސެނަލްގައި އޭނާ ހޭދަކުރި ދުވަސްތަކުގައި އެ ޓީމަށް ތިން ޕްރިމިއާ ލީގާއި ހަތް އެފްއޭ ކަޕް ކާމިޔާބު ކޮށްދީފައެވެ. ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްއިން ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2004 ވަނަ އަހަރުގެ ޕްރިމިއާ ލީގުގެ ތަށި އެއްވެސް މެޗަކުން ބަލިނުވެ އުފުލާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް