22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ބީއެމްއެލް

ބީއެމްއެލް ޗެރިޓީ ރަން ބާއްވައިފި

  • ބީއެމްއެލްގެ ފަރާތުން ވަނީ ތެލްސީމިއާ ސެންޓަރއަށް 80,000  ރުފިޔާ ހަދިޔާ ކޮށްފަ
މިއުނާ ހަސަން | @miuna_hassan

| 23 ފެބުރުވަރީ 2019 | ހޮނިހިރު 11:27 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ބީއެމްއެލް ޗެރިޓީ ރަން -- ބީއެމްއެލް

ބީއެމްއެލް ޗެރިޓީ ރަން ބާއްވައިފިއެވެ. 

މި ރަން އަކީ މުޖުތަމަޢަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ބާއްވާ ރަންއެކެވެ.

"ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގައި މިއަދު މޯލްޑިވްސް ތެލެސީމިއާ ސެންޓަރަށް ވަނީ ފައިސާގެ އެހީ ދީފިއެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ދުވުމުގައި ބީއެމްއެލްގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާގެ އިތުރުން ތެލެސީމިއާ ސެންޓަރުގެ ފަރާތުން ބައިވެރިވެފައިވެއެވެ.

ބީއެމްއެލް ޗެރިޓީ ރަންގެ ތެރެއިން

މިހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 7:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރުގެ މި ދުވުން ބައިވެރިން ނިންމާލީ ވެސް ސެންޓްރަލް ޕާކަށެވެ.

ސެންޓްރަލް ޕާކުގައި ބޭއްވި މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ  ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވަނީ ތެލެސީމިއާ ސެންޓަރު ރަމްޒީ ޗެކް ހަވާލު ކޮށްދެއްވާފައެވެ.

ބީއެމްއެލްގެ ފަރާތުން ވަނީ ތެލްސީމިއާ ސެންޓަރަށް 80,000  ރުފިޔާ ހަދިޔާ ކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާއިން ކުރިޔަށް ގެންދާ  ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.

މިއަދު ކުރިއަށް ގެންދެވުނު ރަންއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ބޭންކުގެ އޮފިޝަލް ވިދާޅުވީ

" ބޭންކުން ކުރިޔަށް ގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ބޭންކާ އޮތް ގުޅުން ދަނީ އިތުރަށް ބަދަހިވަމުން. އަޅުގަނޑުމެން ރާވާފައި މިވަނީ ދިވެހި މުޖުތަމަޢަށް ދެމެހެއްޓެނިވި އަދި ފައިދާކުރުވަނިވި ގިނަ ހަރަކާތްތަކެއް މިއަހަރު ތެރޭ ހިންގަން. ބީއެމްއެލް މުވައްޒަފުންގެ ފަރާތުން މިއަދު މިދައްކުވައިދިނީ މުޖުތަމައަށް އެހީވުމުގައި ބޭންކުގެ މުވައްޒަފުންގެ އިސްނެގުމާއި މިފަދަ ކަންކަމަށް ހުންނަ ޝައުގުވެރިކަން. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."

ތެލްސީމިއާ ސެންޓަރުގެ ފަރާތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ އޮފިޝަލަކު ބުނީ، ބީއެމްއެލްއިން ދިން ޗެރިޓީ ފައިސާގެ ސަބަބުން އެ ސެންޓަރު ހިންގުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ގަބޫލް ކުރާ ކަމަށެވެ.

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައާއި ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ބޭންކުން ވަނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް