22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު

އިންތިހާބަށް ކުރިމަތިލި 8 މީހެއްގެ ފޯމެއް ބަލައިނުގަނޭ، އީސީން ބަލައިގަތީ 395 ފޯމު

 • އިންތިހާބުގައި ބަހައްޓާނީ 507 ފޮށި
ޙުސައިން ޙަސަން އަދި އަމްނާ އިމާދު | hucenhassan

| 23 ފެބުރުވަރީ 2019 | ހޮނިހިރު 11:20 | |

މަގުބޫލް

 1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު: އިންތިހާބުގެ ތަފްސީލު އާންމު ކުރެއްވި -- އިލެކްޝަންސް ކޮމިޝަން

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި އަށް ފޯމެއް ބަލައި ނުގަންނަ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ބަލައިގަތީ 395 މީހެއްގެ ފޯމު ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން އެކަން ހާމަ ކުރީ އިންތިހާބާ ބެހޭ މަރުކަޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އީސީގެ ރައީސް އަހުމަދު ޝަރީފެވެ. އޭނާ ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވަނީ 403 މީހަކު ކަމަށާއި އެ މީހުންގެ ތެރެއިން އަށް މީހެއްގެ ފޯމު ބަލައިނުގަންނަ ކަމަށެވެ. އެ ފޯމުތައް ބަލައި ނުގަންނަ ސަބަބު ޝަރީފު ވިދާޅެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން އެއް ޕާޓީއަކުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަނީ އެމްޑީޕީންނެވެ. އެމްޑީޕީން 86 ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން ވާދަ ކުރަނީ 41 ދާއިރާއަކަށެވެ. އަދި ޕީޕީއެމުން 26 ދާއިރާއަކަށް ވާދަކުރާއިރު، ޕީއެންސީން ވެސް 26 ދާއިރާއަކަށް ވާދަ ކުރާނެ ކަމަށް އީސީން ބުންޏެވެ. ކުދި ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޑީއާރްޕީން ފަސް ދާއިރާއަކަށް ކުރިމަތިލާނެ ކަމަށާއި، އަދާލަތުން ނުވަ ދާއިރާއަކަށް ވާދަ ކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި އަލަށް އުފެއްދި އެމްޓީޑީން 10 ދާއިރާއަކަށް ވާދަ ކުރުމަށް ހުށަހަޅާފައިވާއިރު، އެންމެ ފަހުން ރަޖިސްޓްރީ ކުރި ލޭބާ ޕާޓީން ނުވަ ދާއިރާއަކަށް ވާދަ ކުރުމަށް ހުށަހަޅާފައިވާ ކަމަށް އީސީން ބުންޏެވެ. އެމްޑީއޭއިން ވާދަ ކުރަން ހުށަހެޅީ އަށް ދާއިރާއަކަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިފަހަރުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓުންގެ އަދަދަކީ 186 އެވެ.

ޝަރީފު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ބަހައްޓާނީ 507 ފޮށި ކަމަށެވެ.

ވޯޓު ފޮށި ބެހިފައިވާ ގޮތުގެ ތަފްސީލު:

 • މާލޭގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި 59 ފޮށި
 • މާލޭގައި އުޅޭ އަތޮޅު ތެރޭ މީހުންނަށް 82 ފޮށި
 • އަތޮޅުތެރެ އާއި ސިޓީތަކުގައި 306 ފޮށި
 • ރިސޯޓުތަކުގައި 39 ފޮށި
 • ސިނާއީ ސަރަހައްދުތަކުގައި 4 ފޮށި
 • އެކި ޖަލުގައި 5 ފޮށި
 • ރާއްޖޭއިން ބޭރުގައި 12

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 264،589 (ދެ ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްސަތޭކަ އަށްޓިހަނުވައެއް) މީހުންނަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް