22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ރަނިން ރަން

ރަނިން ރަން އިން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް ކެއަރސޮސައިޓީއަށް: ޓީއެފްޖީ

 • "ރަނިން ރަން" އިން ޖާގަ ލިބެނީ ފުރަތަމަ ރަޖިސްޓްރީ ކުރާ 1000 ފަރާތަށް
 • ދުވުން އޮންނާނީ މާރޗްމަހުގެ 1 ވާ ހުކުރު ދުވަހު ހަވީރު 4:30 ގައި ހުޅުމާލޭގަ
 • އަންހެނުންގެ ދުވަހަކީ މާރޗްމަހުގެ 8 ވަނަ ދުވަސް
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 23 ފެބުރުވަރީ 2019 | ހޮނިހިރު 11:02 | |

މަގުބޫލް

 1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ޓީއެފްޖީ -- ގޫގުލް

ޓީއެފްޖީއާއި ކެއަސޮސައިޓީ ގުޅިގެން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރަނިން ރަން" އިން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް ކެއަރސޮސައިޓީ އަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓީއެފްޖީ އިން ބުނެފިއެވެ.

ޓީއެފްޖީން މައުލޫމާތު ދެނީ މި ދުވުމަކީ ޓީއެފްޖީގެ "ރަނިން މޯލްޑިވްސް ސިލްސިލާ" ގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖިފައިވާ ދުވުމެއް ކަމަށެވެ.

މި ދުވުމުގައި ޓީޝާޓް ތަކެއް ވިއްކުމަށް ހަމަޖެހިފައިވާއިރު  ޓީޝާރޓްތައް ވިއްކައިގެންނާއި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ލިބޭ ފައިސާގެ ވަކި ޕަސެންޓެއް ކެއަރ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ސިލްސިލާގެ ދަށުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު ނަންނަމުގައި އެކި ދުވުންތައް ބާއްވަމުން ދާއިރު އަންހެނުންނަށް ޚާއްސަކޮށްގެން މިފަދަ ދުވުމެއް ބާއްވާ މީ ފުރަތަމަ ފަހަރު ކަމަށް ޓީއެފްޖީން މައުލޫމާތު ދެއެވެ.

ކެއާސޮސައިޓީން  މައުލޫމާތު ދޭގޮތުގައި މި އިވެންޓުން ލިބޭ ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކެއާސޮސައިޓީން  އެކި ކަހަލަ ނުކެޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އެކި ޚިދުމަތްތަކަށެވެ.

ދުވުމުގައި ބައިވެރިވާ ކެއަރސޮސައިޓީ ފިޔަވައި އެހެން ފަރާތްތަކުން ދުވަާނީ 7 ކިލޯމީޓަރުގެ  1 ބުރު ކަމަށް ވިޔަސް ކެއަރސޮސައިޓީގެ ކުދިން ދުވާނީ 3.5 ކިލޯ މީޓަރުގެ އެއްބުރު ކަމަށް ވެސް ޓީއެފްޖީން ބުނެއެވެ.

 ރޭހުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް ރޭސް ނިންމި ކަމުގެ މެޑެއްޔެއް ދިނުމަށް ހަމަޖެހިފައިވާއިރު ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮންނާއި މެނުއަލްކޮށް "ރަނިން ރަން" އަށް ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ކެއަރ ސޮސައިޓީންނާއި ޓީއެފްޖީން ހަމަޖެހިފައި ވާކަމަށް އެ ދެފަރާތުން މައުލޫމާތު ދެއެވެ.

ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 175 ރުފިޔާ ނަގާއިރު މި ދުވުމުގައި ވިއްކާ ޓީޝާރޓްގެ އަގަކީ 150 ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ. މިރޭހުން ޖާގަލިބޭނީ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 1000 ފަރާތަށް ވާއިރު އެ އަދަދު ހަމަވުމުން ރޭހަށް ރަޖިސްޓްރީ ވުން ބަންދުވާނެއެވެ

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ  މާރޗްމަހުގެ 1 ވާ ހުކުރު ދުވަހު ހަވީރު 4:30 ގައި ހުޅުމާލެ ގައެވެ. 

އަންހެނުންގެ ދުވަހަކީ މާރޗް މަހުގެ 8 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް