22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އިންގްލިޝް ޕްރިމިއަރ ލީގް

އިންގްލިޝް ޕްރިމިއާ ލީގް: ޥެޓްފޯރޑުން ކާޑިފްގެ މައްޗަށް ބޮޑު ލީޑެއް ހޯދައިފި

  • ފުރަތަމަ ހާފް ނިމުންއިރު ވެޓްފޯރޑް އެކެއް، ކާޑިފް ސުމެއް
  • ވެޓްފޯރޑް މެޗު ކާމިޔާބުކުރީ ކާޑިފްސިޓީއާއި ވާދަކޮށް 1-5
މިއުނާ ހަސަން | @miuna_hassan

| 23 ފެބުރުވަރީ 2019 | ހޮނިހިރު 10:18 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ވެޓްފޯރޑްއާއި ކާރޑިފް ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ގޫގުލް

އިންގްލިޝް ޕްރިމިއާ ލީގުގައި ކާޑިފް ސިޓީއާއި ވެޓްފޯރޑް ބައްދަލު ކުރި މެޗު ވެޓްފޯރޑް ކާމިޔާބު ކޮށްފިއެވެ.

މި މެޗުގެ ވެޓްފޯރޑް ކާމިޔާބު ކުރީ ކާޑިފްސިޓީއާއި ވާދަކޮށް 1-5 ގެ ނަތީޖާއަކުންނެވެ.

ކާޑިފް ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ވެޓްފޯރޑްއިންނެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ފުރަތަމަ ގޯލްޖަހާ ލީޑް ނެގީ ވެސް ވެޓްފޯރޑްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓްރޯއީ ޑީނޭގެ އެހީ ތެރިކަމާއިއެކެ ޖެރާޑް ޑިއުލޯފްއެވެ.

ވެޓްފޯރޑްއިން ވަނީ ކާޑިފްގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެހެން ނަމަވެސް ކާޑިފް ސިޓީގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ.

ރީތި ޕާސްތަކެއް ވެޓްފޯރޑުގެ ފަރާތުން ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފް ނިމުންއިރު ނަތީޖާއަކީ ވެޓްފޯރޑް އެކެއް، ކާޑިފް ސިޓީ ސުމެކެވެ.

ދެވަނަ ހާފް ފެށިގެން ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ކާޑިފް ސިޓީއަށް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ 61 އެއްވަނަ މިނެޓުގައި ވެޓްފޯރޑްގެ ޑިއުލޯފް ދެވަނަ ލަނޑުޖަހާ ފަރަގު ބޮޑުކުރިއެވެ.

ރަނގަޅު ލީޑަކާއިއެކު ކުޅެމުން ދިޔަ ވެޓްފޯރޑްގެ ޑިއުލޯފްއަށް އެޓީން ކެޕޯ ދިން ޕާހަކުން މެޗުގެ 63 ވަނަ މިނެޓުގައި ގޯލް ޖަހާ ހެޓްރިކް ހެދިއެވެ.

ވެޓްފޯރޑްގެ ސްޓްރިކަރ ޑިއުލޯފްގެ ފަރާތުން މި މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

ފުލު ފުލުގައި ކާޑިފް ސިޓީއަށް ދެމުން ދިޔަ ހަމަލާތައް މެޗު ނިމެންދިޔައިރު އިތުރުކޮށް މުޅި މެޗުގެ ކޮންޓްރޯލް ވެޓްފޯރޑް ހޯދިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ވެޓްފޯރޑުން އެ ޓީމުގެ ހަތަރުވަނަ ލަނޑުޖަހާ ލީޑް އިތުރަށް ފުޅާ ކުރިއެވެ.

މި ގޯލް ވެޓްފޯޑަށް ކާމިޔާބު ކޮށްދިނީ ޖެރާޑް ޑިއެލޯފްގެ އެހީތެރިކަމާއި އެކު ޓްރޯއީ ޑީނޭއެވެ.

މެޗުގައި ދަށްކުޅުމެއް ދައްކަމުންދިޔަ ކާޑިފް ސިޓީ އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 82 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ސޯލް ބަމްބާއެވެ.

ކާޑިފް ސިޓީން ލަނޑެއް ޖެހިތާ މާގިނައިރެއްނުވެ މެޗުގެ އިތުރުވަގުތުގެ ގޮތުގައި ލިބުނު ތިން މިނެޓުތެރޭ ވެޓްފޯރޑް އެ ޓީމުގެ ފަސް ވަނަ ލަނޑުޖަހާ ހަމަ ނުކުރެވޭ ވަރުގެ ލީޑެއް ހޯދިއެވެ. ވިލް ހިއުގްސް ދިން ޕާހަކުން ވެޓްފޯރޑްގެ ފަސްވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓްރޯއީ ޑީނޭއެވެ.

ކާޑިފްގެ ސިޓީގެ ފަރާތުން ޕްރިމިއާ ލީގުގައި މާއެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް