23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައީސް ސޯލިހު

ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ

  • ގެސްޓްހައުސް ވިޔަފާރި އިސްތިހާރުކުރަން ބާއްވާ އިވެންޓެއް
ލީވާން އަލީ | MrLeevaan

| 22 ފެބުރުވަރީ 2019 | ހުކުރު 09:09 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރާއްޖެ އެމްވީ

ގެސްޓް ހައުސް ވިޔަފާރި އިސްތިހާރުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޖެޓްސްކީއެއްގައި ދެ އަތޮޅެއް ހުރަސް ކުރައްވަން ނިންމަވައިފިއެވެ.

ރައީސް ސޯލިހު ދެ އަތޮޅެއް ޖެޓްސްކީއެއްގައި ހުރަސްކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަން އިއުލާންކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ.

އަލީ ވަހީދު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި އިސްތިހާރުކުރަން ހަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، އެ ހަރަކާތް ކުރިއަށް ދާނީ ދެ އަތޮޅެއް ހުރަސްކޮށް، ޖެޓްސްކީގެ ހަރަކާތަކާއެކުގައި ކަމަށެވެ.

ނަމަވެސް ހަރަކާތް އޮންނަ ދުވަހަކާއި، ހަރަކާތް ބާއްވާނެ އަތޮޅެއް އަލީ ވަހީދު ވިދާޅެއް ނުވެއެވެ.

ޖެޓްސްކީގައި ރައީސް ސޯލިހު ދެ އަތޮޅު ހުރަސް ކުރެއްވުމާ އެކު، ވެގެންދާނީ އެންމެ ފުރަތަމަ ފަހަރަށް ދެ އަތޮޅެއް ޖެޓްސްކީއެއްގައި ހުރަސްކުރެއްވި ރާއްޖޭގެ ރައީސަށެވެ.

ރާއްޖޭގެ އިގްތިސާދުގެ 70 އިންސައްތަ ހިއްސާ ކުރަނީ ޓޫރިޒަމް ސިނާއަތުކަމަށް ވުމާ އެކު، އެ ސިނާއަތު ހަރުދަނާ ކުރުމަށް ރައީސް ސޯލިހުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމަށް މީގެ ކުރިން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވެފައިވާ ވައުދުގެ ތެރޭގައި ގެސްޓް ހައުސް ވިޔަފާރި ތަރައްގީކުރަން ފައިސާ ލިބޭނެ ގޮތެއް ހެދުމާއި ރަށްތަކުގެ ބިންތައް ހަމަހަމަކޮށް އަގުކުރުމާއި، ކައުންސިލް އިދާރާ ރަށްތަކުގެ ފަންޑް އޮފީހުގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން މެޑިކަލް ކުޅިވަރު އަދި ކަލްޗަރަލް ޓުއަރިޒަމް ފުޅާކުރުން ހިމެނެ އެވެ. އަދި ފަސް އަހަރު ތެރޭގައި ގެސްޓް ހައުސްތަކުގެ ޖާގަ 35،000 އެނދު ބަދަލުކުރުމަކީ ވެސް ރައީސް ސޯލިހުގެ ސަރުކާރުގެ އަމާޒެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ނަން

4 ހަފްތާކުރިން

މޮޔަވީތަ؟

1
1