24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ފަލަ ސުރުޚީ

އޮލިމްޕަސް ހެރިޓޭޖް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

  • ފޯރަމްތައް ބާއްވައިގެން މުހިންމު މަސައްކަތްތައް ކުރެވޭ
  • މަސައްކަތްތައް ކުރިއަށް ގެންދަނީ އެދާއިރާއެއްގެ ބޭފުޅުންގެ ވިސްނުމާ އެއްގޮތަށް
އަމްނާ އިމާދު | @amnabinthimad

| 21 ފެބުރުވަރީ 2019 | ބުރާސްފަތި 03:46 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު -- ރާއްޖެއެމްވީ

އޮލިމްޕަސް ޕަބްލިކް މީޑިއާ ސާވިސް ( ޕީއެސްއެމް)އާ ހަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އެތަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކޮށްފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ, މިނިސްޓްރީގެ މެންޑިޑޭޓް ތެރޭގައި ހިމެނިފައިވާ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ތޯރިގު ވިދާޅުވީ, ޖެނުއަރީ 28ގައި ބޭއްވި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ފޯރަމްގައި އެދާއިރާގެ ބޭފުޅުން ދެއްކި ވާހަކަތަކާއި، ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރު ޕީއެސްއެމްގެ ދަށުން އޮލިންޕަސް ނެގުމަށްފަހު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ތޯރިގު ވިދާޅުވީ, ބޭއްވިގެންދާ ފޯރަމްތަކަކީ ވަރަށް މުހިންމު ފޯރަމްތަކެއް ކަމަށާއި، މިފޯރަމްތަކުން އެދާއިރާގެ ބޭފުޅުންގެ ހިޔާލު ހޯދައި، އެދާއިރާއެއް ކުރިއެރުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ, މަސައްކަތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ބޭފުޅުން ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި، ބޭނުންވަނީ ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް، އެދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ ވިސްނުމާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށެވެ.

''އެބޭފުޅުންގެ ހުރިހާ އުންމީދުތައް ހާސިލެއް ނުވާނެ. ސަރުކާރު ބަޖެޓަކުން އަޅުގަނޑުމެންނަށް އެތަނަވަސްކަން ނުލިބޭ. އެހެންވީމަ މައިގަނޑު ވިސްނުމަކީ ކޮންމެ ކަމަކާ ދޭތެރޭގައި ވެސް އެކަމެއްގެ މީހުންގެ ހިޔާލާއި ވިސްނުން ހޯދާފަ އެމަގަށް ގެންދިއުމަށްޓަކައި ޕްރޮޖެކްޓްތަކެއް ހަދައިގެން  އެޕްރޮޖެކްޓްތަކުގެ އަލީގައި އަޅުގަނޑުމެން ބޭނުންވާ އަމާޒަށް ވާސިލްވުން.'' ތޯރިގު ވިދާޅުވިއެވެ.

އޮލިމްޕަސް ޕީއެސްއެމްއާއި ހަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާއިރު، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް އަމާޒު ކޮށްގެން ބޭއްވި ފޯރަމްގައި ގިނަ ފަންނާނުން ޕީއެސްއެމަށް ވަނީ ފާޑު ކިޔާފައެވެ. އަދި އޮލިންޕަސް ޕީއެސްއެމްގެ އަތުން ނެގުމަށް ގިނަ ފަންނާނުން ވަނީ އެދިފައެވެ. 

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި ފަންނުވެރިންގެ ހާއްސަ ފޯރަމަށް އަލިއަޅުއްވާލައްވައި ތޯރިގު ވިދާޅުވީ, އެދާއިރާއަކީ ވެސް ވަރަށް ފުޅާ ދާއިރާގައި މަސައްކަތްތައް ކުރަމުން އަންނަ ދާއިރާއެއް ކަމަށާއި، އިތުރަށް ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުންދޭން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ތޯރިގު ވިދާޅުވީ, ދިވެހިބަހުގެ އެކަޑަމީން ގިނަގުނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށާއި، އެކަޑަމީގެ މަސައްކަތްތައް މިހާރު ވަރަށް ފުޅާ ކުރެވިފައިވާ ކަމަށެވެ.  

އެގޮތުން ރާއްޖޭގެ އެކިކޮންކޮޅުތަކުގައި، ނުވަތަ އެކިތަންތަނުގައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ އިތުރުން ބަސް ބޭނުން ކުރާނެ ގޮތާއި، ސްކޫލު، ކޮލެޖް، ޔުނިވާސިޓީގެ އިތުރުން އޮފީސްތަކާއި، މުއައްސަސާތަކުގައި ކޯސްތައް ހިންގާ ކަމަށެވެ.

ބަސް ކުރިއަރުވަން ގިނަ މަސައްކަތްތައް ކުރާއިރު، ރާއްޖޭން ބޭރުގެ ކުދިން ބަސް ދަސްކޮށް، މިދާއިރާގައި މަސައްކަތް ކުރުމަށް އެކަޑަމީއަށް އަންނަ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހިޔާލު

4 ހަފްތާކުރިން

އޮލިމްޕަސް ހުރި ލޮކޭޝަނަކީ މާލޭގައި ޒަމާނީ ޝޮޕިންސެންޓަރެއް ހައެއްކަ ބުރިޔަށް އަޅާލަން ރަނގަޅު ތަނެއް. ބިމުގެ ސައިޒުގެ ގޮތުންވެސް ހެޔޮވަރު ތަނެއް ގުރައުންޑް ފުލޯގައި ޕާކިން ފަސްޓް ސެކަންޑް އަދި ތާޑް ފުލޯގައި ޝޮޕްތަށް ފޯތުފުލޯގައި ސެލޫންތަކާއި ޖިމް ތައް ފިފްތު ފުލޯގައި ފުޑް ކޯޓެއް ސިކްސްތު ފުލޯގައި ސިނަމާ

0
0