22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

މަގޭ ރިޕޯޓް

ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން

  • ޝަރީއަތް ނިމެން ދެން ރައީސް ޔާމީން ހުރީ ބަންދުގައި
  • ޝަރީއަތް ނިމެން ދެން ރައީސް ޔާމީން ހުރީ ބަންދުގައި
އާމިރު ސަލީމް | produceramir

| 20 ފެބުރުވަރީ 2019 | ބުދަ 18:55 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ރައީސް ޔާމީން -- ޓްވިޓަރ

ކިތަންމެ ތިމާގެ މަތިވެރި ނަން އަރާހުއްޓަސް ދުވަސްކޮޅަކުން

ކިތަންމެ ނިވާ ތަނެއްގައިވެސް ނަސީބުގެ ބައްތި ނިވިދާނޭ

މިއީ ޅެންވެރިޔަކު ހައްދަވައިފައިވާ ޅެމެއްގެ ބައިތެކެވެ. މިބައިތު އަޅުގަނޑު އަޑުއަހާތާ ކިތަންމެ ދުވަހެކެވެ. މި ބައިތުގައި މި ބުނާ އެއްޗަކާ ގުޅޭ ހާދިސާތައް ހިނގާތާވެސް ކިތަންމެ ދުވަހެކެވެ. އެކަމަކު، މި އަށްވުރެ މިބައިތާ ގުޅޭ ހާދިސާއެއް އޮންނާނެތޯއެވެ.

ރައީސް ޔާމީންގެ މަށްޗަށް ޝަރީއަތް ހިންގުމަށްޓަކައި އެމަނިކުފާނު ކޯޓަށް ހާޒިރުކުރާ ހަބަރު އިވުމާއެކު އަޅުގަނޑުވެސް ޓީވީ ކައިރީގައި އިށީދެއްޖައީމެވެ. ބޭނުންވީ އެ މަންޒަރުތައް ބަލާލާށެވެ. އެ އަޑުތައް އަހާލާށެވެ. މިއީ ދިރިހުއްޓާ ފެންނާނެ ކަމަށް ހިތައްވެސް އެރި މަންޒަރެއް ނޫނެވެ. އެހެންވެ އެންމެ ފުރަތަމަ އެ ހަބަރު ގަބޫލެއްވެސް ނުކުރެވުނެވެ. ކޮންމެ އަކަސް އެމަނިކުފާނު ކޯޓަށް ހާޒިރު ކުރެވިއްޖެއެވެ. ވަޑައިގަތީ އަމިއްލަފުޅު ކާރު ކޮޅުގައެވެ. އެކަމަކު ކޯޓު ކައިރި އޮތީ ފަޅަށެވެ. އެއްވެސް ބަޔަކު ނެތެވެ. ސަޕޯޓަރުންނެއްވެސް ނެތެވެ. އާންމުކޮށް މިފެންވަރުގެ ބޭބޭފުޅުންގެ ޝަރީއަތް އޮންނަ ދުވަސް ދުވަހު އެ ސަރަހައްދު ހީވާނީ ކެކި އަރާހެންނެވެ. ސަޕޯޓަރުންނާގެން އޮންނާނީ ތޮށްޖެހިފައެވެ. ދޫކޮށްލާށޭ ގޮވާ އަޑާއި މިނިވަން ކުރާށޭ ގޮވާ އަޑުން މުޅި ސަރަހައްދު އޮންނާނީ ގުގުމާފައެވެ. ފުލުހުންވެސް އުޅޭނީ އާންމުން ކޮންޓްރޯލު ނުކުރެވިގެންނެވެ. މިއީ މުޅި ސަރަހައްދު ބަންދުކޮށްފައި ހުންނަ އިރުވެސް އެ ސަރަހައްދުގެ ހާލަތު އޮންނަ ގޮތެވެ. އެކަމަކު މިއަދަކު އެބުނާ ދަގަނޑު ދަހަނާ އެޅި ފުލުހުންތަކެއްވެސް ނެތެވެ. މަގު ބަންދުކުރަން ޖަހާ ބެރިކޭޑު ތަކެއްވެސް މަގު މެދަކު ނެތެވެ. މުޅި ތަން އޮތީ ހުޅުވާފައެވެ. އާންމު ބޭނުން ތަކުގައި މީހުން ވަދެ ނިކުމެ އުޅެއެވެ. ހިތައް އެރިއެވެ. މިވީ ކިހިނަކުން ހެއްޔެވެ؟ ރައީސް ޔާމީނުގެ ސަޕޯޓަރުން ކޮބައި ހެއްޔެވެ؟

ގާތްގަނޑަކަށް ދެ ގަޑިއިރަށް ފަހު ޝަރީއަތް ނިމިއްޖެއެވެ. ޖަލުގައި ބަންދު ކުރުމަށް ހުކުމްވެސް ކުރެވިއްޖެއެވެ. ހޫނު ހަބަރެއްގެ ގޮތުގައި މުޅި ރާއްޖެއަށް މިހަބަރު ފެތުރިގެންވެސް ހިނގައްޖެއެވެ. އެކަމަކުވެސް ކޯޓުގެ ދޮރުމަށްޗަކަށް އިނގުމެއް ނުވިއެވެ. މީހުންތަކެއް އެކެއް ނުވިއެވެ.

އޭގެ ސާޅީސް ފަސް ވަރަކަށް މިނެޓު ފަހެވެ. އެމަނިކުފާނު ކޯޓުން ނެރެގެން ވެހިކަލަކަށް އަރުވައިގެން ގެންގޮއްސިއެވެ. ހީވަނީ އެގެންދެވުނީ ޖަލަށް ގެންދިއުމަށްޓަކައި ލޯންޗަށް އަރުވަންހެންނެވެ. އަޅުގަނޑަށް ހީވީ ހަމަ ރަނގަޅަށެވެ. އިސާހިތަކުން އެ މަންޒަރުތައްވެސް ފެނިއްޖެއެވެ. އެއީ ފުލުހުންގެ މައި އިދާރާގެ ކުރިމަށްޗެވެ. އޭރު ލޯންޗު ތައްޔާރުގައި އޮތެވެ. ހިސާބަކަށް އެމަނިކުފާނުގެ ސަޕޯޓަރުން އެސަރަހައްދުން ފެންނަން ތިއްބެވެ. އިރުކޮޅަކުން އެ ވެހިކަލް އައިސް އެ މަނިކުފާނު ވެހިކަލުން ބާލައިގެން ލޯންޗަށް އަރުވައިފިއެވެ. އެތަނަށް އެއްވެފައި ތިބި ސަތޭކަ އެއްހައި މީހުން އަޑު އުފުލިއެވެ. ދުކޮށްލަންވެސް ގޮވިއެވެ. ހަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލޯންޗު ނައްޓާލައިފިއެވެ. ކަމެއް ހިނގިހެންވެސް ހިއެއް ނުވެއެވެ. އެއާ އެކު އަޅުގަނޑުގެ ހިތަށް އެރިއެވެ. ރައީސް ޔާމީނަށް ވޯޓުލީ ނުވަދިހަ ހާސް މީހުން ކޮބައިތޯއެވެ؟ ކޯލިޝަން ހަދައިގެން އުޅޭ އެއޮށް ބޮޑު ދެ ޕާޓީގެ މެމްބަރުން ކޮބައިތޯއެވެ؟ ސައިޒު ދައްކާލުމަށް ބޭއްވި ޖަލްސާ އާއި އަލިމަސް ކާނިވާ ފުރެންދެން މީހުން ވަދެގެން ބާއްވާ ބޮޑެތި ޖަލްސާތަކަށް އަންނަހާ މީހުން ކޮބައިބާވައެވެ؟ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ހާހުން ވެއްދިހާ މީހުންނާއި ސަދަގާތު ފައުންޑޭޝަނުން ބޭއްވި ހިތާނީ ކޭމްޕުތަކުގައި ހިތާނު ކުރިހާ ކުދިންގެ ބެލެނިވެރިންނާއި ފުލެޓު ލިބޭނެކަމަށް ހާހުން ލިޔުން ލިބުނުހާ މީހުން ކޮބައިބާވައެވެ؟ ނާޖާއިޒު ގޮތުގައި އާސަންދަ އާއި އެމް.އެމް.ޕީ.އާރު.ސީ އާއި ދައުލަތުގައި ދެންވެސް ހުރިއްޔާ ހުރިހައި ކުންފުނިތަކުން މަންފާ ލިބުނު ކަމަށް ބުނާހާ މީހުންތައްވެސް ނެތީބާވައެވެ؟ ފަސް އަހަރު ވަންދެން ވަށައިގެން އެނބުރުނުހާ މީހުންތަކާއި ހަތިޔާރު އެޅި ސިފައިންވެސް ގެއްލުނީ ބާވައެވެ؟ ކޮލުގައި ފޮޓޯ ކުރަހައިގެން އަމިއްލަ އައިޑީ ކާޑާ ޕާސްޕޯޓުގައިވެސް ތިމާގެ ފޮޓޯގެ ބަދަލުގައި އެ މަނިކުފާނުގެ ފޮޓޯ ޖަހައިގެން އުދުހުނުހާ މީހުންވެސް ގެއްލި ހުސްވީ ބާވައެވެ؟

ކަންކަން ބަދަލުވާ ގޮތް ދެކޭށެވެ. ބާރު ކެނޑުމުން އެކަނިވީއެވެ. އެކައުންޓު ފުރެންދެން ހުރި ފައިސާ އަކުން އަޅާފައިހުރި އުސް އިމަރާތަކުން ތިމާގެ މިޒާޖުގައި ހުރި ހަރުކަށި ގޮތަކުން މިއަދަކު ކުރާނެ ފައިދާއެއް ނެތެވެ. މާފުށީ ޖަލުގެ ގޮޅިއެއް ނޫން އެހެންތަނެއް ކުރިމަތިން ފެންނާކަށް ނެތެވެ. ޅެންވެރިޔާ ވިދާޅުވީ ކިހާބޮޑު ތެދެއްތޯ އެވެ؟

ކިތަންމެ ތިމާގެ މަތިވެރި ނަން އަރާހުއްޓަސް ދުވަސްކޮޅަކުން

ކިތަންމެ ނިވާ ތަނެއްގައިވެސް ނަސީބުގެ ބައްތި ނިވިދާނޭ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އައިސް

4 ހަފްތާކުރިން

ކިތަމެ މަތިވެރި ޚިދުމަތެއް ޤައުމަށް މިއަދު ކޮށްދެއްވިޔަސް....ސެކިޔުލާ ލާދީނު އިބިލީހުނަށް ނޭގޭނެޔޭ.. ފިކުރު އިސްލާމް ދީން ނަގާލަން ފޫގަޅާ ހުޅަނގު ފިކުރުން މުސްލިމުން ނިމިދާނެޔޭ...ނެތް ދުވުން އަދި ފެތުމަކުން ހަމަ ވާމޮޅެއް ރޭޕްއިސްތާނުގެ ދަށަށް ގޮސް ނިމި ދަނީ

2
12