22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އެމްބީއޭ ޗެމްޕިއަންޝިޕް

އެމްބީއޭ ޗެމްޕިއަންޝިޕް: ރެޑްވިންގސްއާއި ވަން 30 އެސްސީގެ ފަރާތުން ރަނގަޅު ކުޅުމެއް

  • ރެޕްޓޯރސް ބީސީ ކާމިޔާބުކުރީ ރެޑްވިންގްސް ބީސީއާއި ވާދަކޮށް 73 ޕޮއިންޓް 64 ޕޮއިންޓުން
  • ވަން 30 އެސްސީ 60، ވޮލްވްސް ބީސީ 54
މިއުނާ ހަސަން | @miuna_hassan

| 20 ފެބުރުވަރީ 2019 | ބުދަ 18:05 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އެމްބީއޭ ޗެމްޕިއަންޝިޕްގެ ތެރެއިން -- ހާފް ކޯޓް މޯލްޑިވްސް

އެމްބީއޭ ޗެމްޕިއަންޝިޕްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ރެޕްޓޯރސް ބީސީ އާއި ވަން 30 އެސްސީ ކާމިޔާބު ކޮށްފިއެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ 13 ވަނަ މެޗު ރެޕްޓޯރސް ބީސީ ކާމިޔާބުކުރީ ރެޑްވިންގްސް ބީސީއާއި ވާދަކޮށް 73 ޕޮއިންޓް 64 ޕޮއިންޓުންނެވެ.

މެޗުގެ ފުރަތަމަ ދެ ކުއާޓާގައި ރެޑްވިންގްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ.

ފުރަތަމަ ކުއާޓާގައި ރެޑްވިންގްސް 13 ޕޮއިންޓް ހޯދިއިރު ރެޕްޓޯރސްއަށް ކާމިޔާބު ކުރެވުނީ 10 ޕޮއިންޓެވެ. ދެވަނަ ކުއާޓާގައި ރެޑްވިންގްސް 15 ޕޮއިންޓް ހޯދިއެވެ. ލީޑް ކުޑަކޮށް ރެޕްޓީރސް ވަނީ މި ކުއާޓާގައި 13 ޕޮއިންޓް ހޯދާފައެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގައި ރެޕްޓޯރސް އާއި ރެޑްވިނގްސް މެޗުގެ ތެރެއިން 

ފަހު ދެ ކުއާޓާގައި ރެޕްޓޯރސްގެ ކުޅުން ރަނގަޅުކޮށް ރެޑްވިންގްގެ މައްޗަށް ކުރި ހޯދިއެވެ.

ފަހަތުން އަރާ ރެޕްޓޯރސް މެޗު ކާމިޔާބުކުރީ އެ ޓީމުގެ މައާޒް މުހައްމަދު ހޯދައިދިން 23 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުން ތެރިއަކަށްވެސް ހޮވުނީ ރެޕްޓޯރސްގެ މައާޒް މުހައްމަދެވެ.

މުބާރާތުގެ 14 ވަނަ މެޗުގައި ވޮލްވްސްއާއި ވާދަކޮށް ވަން 30 އެސްސީ މެޗު ކާމިޔާބުކުރީ އުނދަގޫކަމާއިއެކުއެވެ.

އާދައިގެ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ކުއާޓާ ވަން 30 ކާމިޔާބު ކުރީ 16 ޕޮއިންޓުންނެވެ.  މި ކުއާޓާގައި ވޮލްވްސްއަށް ކާމިޔާބު ކުރެވުނީ 11 ޕޮއިންޓެވެ.

ދެވަނަ ކުއާޓާގައި ވޮލްވްސްއިންވަނީ އެއް ޕޮއިންޓްގެ ފަރަގަކަށް ލީޑް ކުޑަ ކޮށްފައެވެ. ނަމަވެސް ތިންވަނަ ކުއާޓާގައްޔާއި ހަތަރުވަނަ ކުއާޓާގައި ކުޅުން ރަނގަޅުކޮށް ވަން30 އިންވަނީ ލީޑް ފުޅާކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ ވަން 30 އެސްސީ 60، ވޮލްވްސް ބީސީ 54 ކެވެ. 

ދެ ޓީމުގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވަން 30 އެސްސީގެ އިބްރާހިމް މައާޒުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް