22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ރައީސް ޔާމީން

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ސަޕޯޓަރުން އެއްވެ ހަމަނުޖެހުން ހިންގައިފި

  • ޔާމީނަށް ފަރުވާ ދޭ ސަބަބެއް ނުބުނޭ
  • އެއްވި މީހުން ދުރަށް ޖެއްސުމަށް ޕެޕާ ސްޕްރޭ ޖެހި
  • މިހާތަނަށް މީހަކު ހައްޔަރެއް ނުކުރޭ
ޙުސައިން ޙަސަން އަދި ދާނިޝް ނިޡާމް | hucenhassan

| 20 ފެބުރުވަރީ 2019 | ބުދަ 17:08 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައުމުން، ފުލުހުން އެތަނުގައި އަމަން ބަލަހައްޓަނީ -- ފޮޓޯ: ދާނިޝް ނިޡާމް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފަށައިފިއެވެ. 

އައިޖީއެމްއެޗަށް ރައީސް ޔާމީން ގެނައުމާ އެކު ބަޔަކު ވަނީ އެ ހޮސްޕިޓަލަށް އެއްވެފައެވެ. އެއްވި މީހުންގެ ތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން، ފުލުހުން ވަނީ ޕެޕާ ސުޕްރޭ ޖަހައި، އެއްވި މީހުން އެތަނުން ދުރަށް ޖެއްސުމުގެ މަސައްކަތްކޮށްފައެވެ.

ޕެޕާ ސްޕްރޭ އަސަރުކޮށްގެން، އައިޖީއެމްއެޗުގައި ހުންނެވި ޕީއެސްސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބިންމައްޗަށް ވެއްޓުނެއެވެ. އޭނާ އާއެކު އެހެން ބަޔަކު ވެސް ބިންމަތީގައި އޮށޯވެގެން ތިއްބެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ، އެ މީހުން ވަނީ އެތަނުން ތެދުވެގެން ގޮސްފައެވެ. 

އައިޖީއެމްއެޗަށް އެއްވި މީހުން އެތަނުން ދުރަށް ޖެއްސުމުގެ މަސައްކަތް ފުލުހުން ކުރަން ފެށުމުން، ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަނީ އެތަނުގައި ތިބި ރާއްޖެޓީވީގެ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި، އަނިޔާކޮށްފައެވެ. އެގޮތުން ރާއްޖެޓީވީގެ ކެމެރާމަންގެ ގައިގައި އަތްލައި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އަނިޔާކޮށްފައެވެ.

އައިޖީއެމްއެޗަށް އެއްވި މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރާއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ސަބަބެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކުން އަދި ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އިބޭ

4 ހަފްތާކުރިން

މިހާރު އަބްދުއްރަހީމައް ހުންނާނީ ރަގަޅަށް ރަހަލާފަ ގޯސްވީޕެޕާއިސްޕުރޭ އަނގަޔަށް ނުޖެހުމަށް.

2
0
ޔަސް

4 ހަފްތާކުރިން

ވިހަ ކާންދިނީ ތޯއްޗެ

0
0