23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައީސް ސޯލިހު

ރައީސް ސޯލިހު ވިލިނގިއްޔަށާއި ކޫއްޑޫ އަށް ވަޑައިގަންނަވައިފި

  • ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލާ ބައްދަލު ކުރައްވާނެ
ރިޒުނާ ޒަރީރު | RiznaZareer

| 20 ފެބުރުވަރީ 2019 | ބުދަ 16:40 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް -- ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށާއި، އެ އަތޮޅު ކޫއްޑޫއަށް ވަޑައިގަންނަވައިފިއެވެ.

ކޫއްޑޫ އިން ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފައި ވަނީ ކޫއްޑޫ އެއަރޕޯޓުގެ އިސްވެރިންނާއި އެ ސަރަހައްދުގެ ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިންނާއި، ކޫއްޑޫ މުވައްޒަފުންނެވެ.

އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ވިލިނގިލީ ކައުންސިލްގެ މެމްބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ ވެރިންނާއި، ގިނަ އަދަދެއްގެ އާންމުން ނިކުމެފައިވެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މަސްވެރިންގެ "މަސްދޯނި އެކައުންޓް" އިފްތިތާޙު ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ރަސްމިއްޔާތު އޮންނާނީ ގއ. ކޫއްޑޫގައެވެ. ކޫއްޑޫއަކީ އެއާޕޯޓާއި މަސްފެކްޓްރީ އާއި ސިޓީ ހޮޓާ ހިންގާ ރަށެކެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

 

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް

ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކުރާ ރައްޔިތުންގެ މަސްވެރިޔާ ކާޑަކީ ފައިސާ ޖަމާކުރެވޭ އަދި ޚަރަދުތައް ކުރުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. މި ކާޑާ އެކު، މަސްކިރުވުމަށް ފަހު ދޯންޏަށް ލިބޭ ފައިސާ އާއި މަސްވެރިންނަށް ދޭ ފައިސާގެ މުއާމަލާތްތައް ބަލާލުމަށްޓަކައި، މޯބައިލް ޕޯޓަލް އެކްސަސްއެއް، ޚިދުމަތަށް ރަޖިސްޓްރީކުރާ ކޮންމެ ދޯންޏަކަށް ވެސް ބީއެމްއެލްއިން ދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް