23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

އެމްއެންއެސްއެލް

އާ ޝިޕިން ލައިނެއް އުފެއްދުން މުހިންމު: ޝަރީފް

  • އާ ޝިޕިން ލައިންގެ އިންވެސްޓްމެންޓް އަހަރު ދުވަހުން ކަވަރުކުރެވޭނެ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 20 ފެބުރުވަރީ 2019 | ބުދަ 08:06 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


އެމްޕީއެލްގެ ބޯޑު މެންބަރު މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) -- އާކައިވް

މޯލްޑިވިސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެސްއެލް) ފުނޑުފުނޑު ވެގެން ދިޔައީ ރަނގަޅަށް މެނޭޖުނުކުރެވުމުގެ ސަބަބުން ކަމަށާއި، ރާއްޖޭގައި އާ ޝިޕިން ލައިނެއް އުފެއްދުން މުހިންމު ކަމަށް އެމްޕީއެލްގެ ބޯޑު މެންބަރު މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދުވަސްވަރު އެމްއެސްއެލްއަކީ މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޝިޕިންގ ލައިން ކަމަށެވެ.

އެމްއެންސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ 1990 ވަނަ އަހަރު އެ ކުންފުނީގެ ދަރަނި ބޮޑުވެ ބޯޓްތައް ވިއްކަން ފަށާފައިވާ ކަމަށާއި 2000 ވަނަ އަހަރު އައިއިރު ބޯޓެއް ވިއްކާ ނިންމާފައި ވާކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެމްއެންސީއެލްގެ ދަރަނި އޮތީ 16.4 މިލިއަން ޑޮލަރަށް އަރާފައި ކަމަށާއި އެ ފައިސާ ދައްކައި ހަލާސްކުރީ ނަޝީދުގެ ވެރިކަމުގައި ކަމަށް ޝަރީފު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ގޮތަށް ޝިޕިން ލައިނެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށާއި، ޝިޕިން ލައިނެއް ހަދަންދާ ހަރަދު އަހަރެއްގެ ތެރޭގައި އަނބުރާ ލިބޭނެ ކަމަށެވެ. މެރިޓައިމް ދާއިރާއިން ކިޔާވާފައި ތިބި މީހުން މިހާރު ވެސް އެބަތިބި ކަމަށާއި އޭގެ ސަބަބުން އެ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބިގެން ދާނެ ކަން ޝަރީފް ވަނީ ފާހަގަ ކޮށްފައެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އުފެއްދި އެމްއެންސީއެލް 50 އަހަރަށް ވުރެން ދިގު މުއްދަތެއްގައި ކުންފުނި ހިންގާފައި ވާއިރު 90 ބޯޓް އޮތެވެ. ނަމަވެސް ކުންފުނި ބަނގުރޫޓް ވީއިރު އޮތީ ތިން ބޯޓްކަމަށް ޝަރީފު ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަން ފޭދޫ

1 މަސްކުރި

ވަރަށް ސާފުކޮށް ތިޔަ ވިދާޅުވީ މައުމޫނޭ ދެއްތޮ ކުންފުނި ބަނގުރޫޓް ކޮށްލީ.

0
0