23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ރައީސް ސޯލިހު

މާޅޮހުގެ ނަރުދަމާގެ މަޝްރޫޢު އަވަހަށް ފައްޓަވައިދެއްވުމަށް ކައުންސިލުން ރައީސް އަރިހު އެދެފި

  • ރަށަށް ދިމާވެފައިވާ ކަންތައްތައް ހައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި
އަލީ ސަމާޚް | AliSamah8

| 19 ފެބުރުވަރީ 2019 | އަންގާރަ 20:53 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ރައީސް ސޯލިހު މާޅޮސް ކައުންސިލްގެ މެމްބަރުންނާއި އެކު -- ރައީސް އޮފީސް

މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހުގެ ނަރުދަމާގެ މަޝްރޫޢު އަވަހަށް ފައްޓަވައިދެއްވުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އެދިވަޑައިގެންފިއެވެ. 

ކައުންސިލުން އެކަމަށް އެދިވަޑައިގެންފައި ވަނީ އަންގާރަ ދުވަހު ރައީސް ސޯލިހު އާއެކު ކައުންސިލްއިން  ބޭއްވި ބައްދަލުވުމުގައެވެ. 

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ރައީސް ސޯލިހު އާއި ހިއްސާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެ ރަށަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވަނީ ނަރުދަމާގެ ނިޒާމް ކަމަށާއި، ނަރުދަމާގެ މަޝްރޫޢު އަވަހަށް ފައްޓަވައިދެއްވުމަށް ވެސް ކައުންސިލުން ރައީސް ސޯލިހު އަރިހު އެދިވަޑައިގެންފައިވާ ކަަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. 

މަޅޮހަށް ދީމާވެފައިވާ ކަންތައްތައް ކައުންސިލުން ރައީސް ސޯލިހު އާއި ހިއްސާކުރައްވަނީ ފޮޓޯ - ރައީސް އޮފީސް

މީގެ އިތުރުން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކުން ރަށުގެ ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ އިތުރުން ސުކޫލަށާއި ޞިއްޙީ މަރުކަޒަށް ދަތިވާ ބައެއް ކަންތައްތައް ކައުންސިލުން ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއި އެކު މަޝްވަރާކުރެއްވުމަށް ފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި، އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައި ނެތް ރަށްރަށުގައި ވަސީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާނެ ކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. 

އާބާދީ ގައި ހަތަރު ސަތޭކައެއްހާ މީހުން އުޅޭ މަޅޮހުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އައިސަ

1 މަސްކުރި

ގަމާރު ބައެއްދޯ ކިތަމެ ވަރަށް ހޭރުނަސް ނެތް ދޔައެއް ނެރެ ވޭތަ

0
0