17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޓްރަމްޕް

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

  • އޮކްލަހޯމާގެ ކުރީގެ އެޓާނީ ޖެނެރަލްއެއްގެ މަގާމު އަދާކުރައްވާފައިވާ ސްކޮޓް ޕްރޫޓް ހުވާކުރައްވާފައިވަނީ ހުކުރު ދުވަހު
އަބުދުﷲ މުހައްމަދު | 8Abbo

| 18 ފެބުރުވަރީ 2017 | ހޮނިހިރު 17:55 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ސެނޭޓްގައި ފެންނަ ކަމަށް 52 މެމްބަރުން ވޯޓްލާފައިވާއިރު ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓް ދެއްވާފައިވޭ -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ އެންވައަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި ސްކޮޓް ޕްރޫޓް މަގާމުގެ ހުވާ ކުރައްވައިފިއެވެ.
އޭނާ އަށް އިންތިހާއަށް ފާޑުކިއުން އަމާޒުވެފައިވާއިރު އޭނާއަށް ރުހުން ދިނުން ފަސްކުރުމަށް ޑިމޮކްރޭޓުން ކުރަމުންދިޔަ މަސައްކަތް ހުއްޓުވައި އޭނާއަށް ރުހުންދީފައި ވަނީ ރިޕަބްލިކަންގެ އަޣުލަބިއްޔަތު ބޭނުންކޮށްގެންނެވެ.
އޮކްލަހޯމާގެ ފަނޑިޔާރަކު ބުރާސްފަތި ދުވަހު ވަނީ ތެލާއި ގޭހާ ބެހޭ އިސްވެރިންނާ އޭނާއާ ދެމެދު އީމެއިލް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކުގެ މައުލޫމާތު އަންގާރަ ދުވަހުގެ ނިޔަލަށް ހާމަކުރުމަށްވަނީ އަމުރުކޮށްފައެވެ.
އީމެއިލްތައް ހާމަ ނުކުރުމާއި ހަކަތައާ ބެހޭ ކުންފުނިތަކާ އޭނާއާ އޮތް ގާތްކަމުގެ ސަބަބުން ޑިމޮކްރޭޓުން ފުރަތަމަ ވަނީ އޭނާއަށް ވޯޓްލުމަށް އޮތް ޖަލްސާ ބޮއިކޮޓްކޮށްފައެވެ.
ސެނޭޓްގައި އޭނާއަށް ރުހުން ކަށަވަރު ކުރަން ވޯޓް ނެގި ރޭ ޑިމޮކްރޭޓުން ވަނީ އީމެއިލްތަކުގެ މައުލޫމާތު ހާމަކުރަންދެން ވޯޓް ލަސްކުރުވުމަށްޓަކައި މުޅި ރޭ ތަޅުމުގައި މަސައްކަތް ކޮށްފައެވެ.
ސެނޭޓްގައި އޭނާއަށް ފެންނަ ކަމަށް 52 މެމްބަރުން ވޯޓްލާފައިވާއިރު ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓް ދީފައި ވެއެވެ.
އޮކްލަހޯމާގެ ކުރީގެ އެޓާނީ ޖެނެރަލެއްގެ މަގާމު އަދާކުރައްވާފައިވާ ސްކޮޓް ޕްރޫޓް ހުވާކުރައްވާފައިވަނީ ހުކުރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް