22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އެމްއެމްއޭގެ ގަވަރުނަރު

ގަވަރުނަރު އަހުމަދު ނަސީރު، މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

  • ގަވަރުނަރު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 19 ފެބުރުވަރީ 2019 | އަންގާރަ 11:21 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު (ވ)، ރައީސް އަބްދުﷲ ޔާމީނާއެކު (ކ) -- ފޮޓޯ: މުހައްމަދު ފަޒީން

މޯލްޑިވްސް މަނިޓަރީ އެތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު ނަސީރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ. 

ގަވަރުނަރު، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އެވެ. 

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް އީވާ ހުށަހެޅުއްވި ހުށަހެޅުމުގައި ބުނެފައިވަނީ އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) އިން ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓަކުން، އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) ގެ އެކްސްކްރޯ އެކައުންޓަށް 1 މިލިއަން ޑޮލަރު ޓްރާންސްފަރ ކުރުމުގެ މައްސަލަ އެފް.އައި.ޔޫ އިން އޭސީސީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ކެމްޕޕޭން ފައިނޭންސްއާއިބެހޭ މައްސަލައެއް ހަމަ އެ ޔުނިޓުން ފުލުހުންގެ އިދާރާއަށްވެސް ހުށަހަޅާފައިވާކަމަށެވެ. 

އެ މައްސަލަތައް އެފް.އައި.ޔޫ އިން ކަމާއި ގުޅުންހުރި އިދާރާތަކަށް ހުށަހަޅާފައިވަނިކޮށް ކުއްލިގޮތަކަށް އެކަށީގެންވާ ސަބަބަކާއިނުލާ އެފް.އައި.ޔޫގެ އޭރުގެ އެންމެ އިސް ފަރާތް އަހުމަދު އަޝްރަފް މަޤާމުން ވަކިކޮށްފައިވާކަމަށާއި، ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން ހުށަހެޅީ އެ މައްސަލާގައިކަމަށް އީވާ ހުުށަހެޅުއްވި ހުށަހެޅުމުގައި ބުނެފައިވެއެވެ. 

ބޮޑު ހިޔާނާތުގައި އެމްއެމްއޭގެ ބައެއް އިހުމާލުތައްވާކަން އޭސީސީންވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބޮޑު ހިޔާނާތައި ގުޅިގެން އެމްއެމްއޭގެ ބައެއް އިސްވެރިންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުއްވުމަށްވެސް އޭސީސީން ވަނީ ނިންމާފައިވެއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލާގައި ފްއައިޔޫ އިން ބަލައި ތައްޔާރުކުރި ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑެރިން ކަމަށް ތުހުމަތު ކުރެވޭ މުއާމަލާތްތަކެއް ހިންގި ކަން ސާފުވާން އޮތް ކަމަށް ވެސް އޭސީސީން ބުންޏެވެ. އެކަމަކު، އެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަނޭޅީ ވަކި ފަރާތެއްގެ ނުފޫޒުން ކަމަށް އޭސީސީން ކުރި ތަހުގީގަށް ފަހު ވަނީ ތުހުމަތުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް