25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:03
އިޝާ 19:14

ކިމް ޖޮންގ ނަމްގެ މަރުގެ މައ

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

  • ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ ރީ ޖޮންގ ޗޮލް ނަމަކަށް ކިޔާ މީހެއް
އަބުދުﷲ މުހައްމަދު | 8Abbo

| 18 ފެބުރުވަރީ 2017 | ހޮނިހިރު 17:48 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  3. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  4. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  5. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  6. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ނަމް މަރާލާފައިވަނީ އުތުރުކޮރެއާއިން ކަމަށް ފުޅާދާއިރާއެއްގައި ތުހުމަތު ކުރެވެމުން ދިޔަ ނަމަވެސް މިހާތަނަށް އެކަން ކަށަވަރު ކުރެވިފައެއް ނުވޭ -- ގޫގުލް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ އެއްބަފާ ބޭބެ ކިމް ޖޮންގ ނަމް މެލޭޝިއާގައި އަވަހާރަކޮށްލި މައްސަލައިގައި އުތުރު ކޮރެއާގެ ރައްޔިތަކު ހައްޔަރުކޮށްފި ކަމަށް މެލޭޝިއާގެ ފުލުހުން ބުނެފިއެވެ.

މެލޭޝިއާގެ ފުލުހުންވަނީ ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ ރީ ޖޮންގ ޗޮލް ނަމަކަށް ކިޔާ މީހެއް ކަން ހާމަކޮށްފައެވެ.

ކުއާލަ ލަމްޕޫރުގެ އެއާޕޯޓްގައި ވަޑައިގެން ހުންނަވަނިކޮށް ކިމް ޖޮންގ ނަމް އަވަހާރަކޮށްލި މައްސަލައިގައި މީގެ ކުރިން ދެ އަންހެނަކާއި ފިރެހެނަކު ހައްޔަކޮށްފައި ވެއެވެ.

މިދިޔަ ހޯމަ ދުވަހު މަކާއޯ އަށް ވަޑައިގަންނަވަން ފްލައިޓަށް އަރާވަޑައިގަންނަވަން މަޑުކޮށްލައްވައިގެން އިންނަވަނިކޮށް ކިމް އަވަހާރަކޮށްލާފައި ވަނީ މޫނަށް ވިހައެއް ސްޕެރޭ ކޮށްގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

ނަމް މަރާލާފައިވަނީ އުތުރުކޮރެއާއިން ކަމަށް ފުޅާދާއިރާއެއްގައި ތުހުމަތު ކުރެވެމުން ދިޔަ ނަމަވެސް މިހާތަނަށް އެކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ

ނަމްގެ ޕޯސްޓް މޯޓަމް ރިޕޯޓް ބުދަ ދުވަހު ހަވީރު ނިމިފައިވީ ނަމަވެސް ރިޕޯޓް އާއްމުކުރާނެ ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް