22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް

އެފްއޭއެމުން ބުނީ ހަތަރު ކްލަބެއް ސޮއި ނެގި ކަމަށް، އެކަމަކު 12 ކްލަބުންވެސް ސޮއި ނުގެންދޭ!

  • ސޮއިކުރި 15 ކްލަބުގެ ތެރެއިން ވޯޓު ލެވެނީ 12 ކްލަބަށް
  • އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ބޭނުންވަނީ 12 ސޮއި
ލީވާން އަލީ | MrLeevaan

| 19 ފެބުރުވަރީ 2019 | އަންގާރަ 09:57 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ) -- މިހާރު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހެޅި ސިޓީގައި ސޮއިކުރި ހަތަރު ކްލަބެއް ސޮއި އަނބުރާ ނެގި ކަމަށް އެ އިދާރާއިން ބުނި ނަމަވެސް، ވޯޓު ލުމުގެ ހައްގު ލިބިގެންވާ 12 ކްލަބުންވެސް ސޮއި އަނބުރާ ނުގެންދާކަން ރާއްޖެއެމްވީއަށް ކަށަވަރުވެއްޖެއެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެދި ވިކްޓްރީން ވަނީ 10 ފެބްރުއަރީ 2019 ވީ އާދީއްތަ ދުވަހު 15 ކްލަބެއްގެ ސޮޔާއެކު އެފްއޭއެމްއަށް ސިޓީއެއް ލާފައެވެ.

ސިޓީގައި ސޮއިކޮށްފައިވަނީ:

  1. ކްލަބް ގްރީން ސްޓްރީޓް
  2. ޔުނައިޓެޑް ވިކްޓްރީ
  3. ޓީސީ ސްޕޯޓްސް ކްލަބް
  4. ކްލަބް ޕީކޭ
  5. މަހިބަދޫ ސްޕޯޓްސް ކްލަބް
  6. ބީޖީ ސްޕޯޓްސް ކްލަބް
  7. ކުޑަ ހެންވޭރު ޔުނައިޓެޑް
  8. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް
  9. ވިކްޓްރީ ސްޕޯޓްސް ކްލަބް
  10. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  11. ރޮކް ސްޓްރީޓް ސްޕޯޓްސް ކްލަބް
  12. ކްލަބް ޒެފްރޯލް
  13. ފޯކައިދޫ އެފްސީ
  14. އޮފް ފުޓުބޯލް ކްލަބް
  15. ޖޭޖޭ ސްޕޯޓްސް ކްލަބް

ނަމަވެސް އެފްއޭއެމްއިން ބުނީ އޭގެ ތެރެއިން ވޯޓު ލުމުގެ ހައްގު ލިބިގެންވަނީ 12 ކްލަބަށް ކަމަށާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ފޯކައިދޫ އެފްސީ އަދި ރޮކް ސްޓްރީޓަށް ވޯޓު ނުލެވޭ ކަމަށެވެ. އަދި އެ ކްލަބަށް ސިޓީގައި ސޮއިކުރުމުގެ ހައިސިއްޔަތެއް ނުލިބޭކަމަށްވެސް އެފްއޭއެމްއިން ބުނިއެވެ.

އެފްއޭއެމްއިން ބުނީ، ނިއުއަށް ސޮއިކުރުމުގެ ހައިސިއްޔަތު ގެއްލުނީ އެ ކްލަބު ސަސްޕެންޑުކޮށްފައި އޮތުމުން ކަމަށާއި، ރޮކް ސްޓްރީޓް އަދި ފޯކައިދޫއަށް ސޮއިކުރުމުގެ ހައިސިއްޔަތު ނުލިބެނީ އެ ދެ ކްލަބަކީވެސް އެފްއޭއެމްގެ މެމްބަރު ކްލަބްތަކަށްނުވާތީ ކަމަށެވެ.

ވޯޓު ލުމުގެ ހައްގު ލިބިގެންވާ 12 ކްލަބުގެ ތެރެއިން ހަތަރު ކްލަބަކުން ސޮއި އަނބުރާ ނެގި ކަމަށް އެފްއޭއެމުން ބުނެއެވެ. ނަމަވެސް އެ ހަތަރު ކްލަބެއް އެފްއޭއެމުން ހާމައެއް ނުކުރެއެވެ.

އެފްއޭއެމުން ބުނީ، އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލު ކުރުމަށް ކަމަށްބުނެ ވަކި ބައެއްގެ ލާބަ އާއި މަންފާއަށްޓަކައި ގާނޫނާއި ހިލާފް އެންމެހައި މަސައްކަތްތަކުގައި ބައިވެރިނުވާނެ ކަމަށާއި، އެފަދަ އެއްވެސް ކަމެއްގެ އެ ކްލަބުތަކުގެ ބައިވެރިވުމެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ހަތަރު ކްލަބެއް ސިޓީއަކުން އަރުވާފައިވާ ކަމަށެވެ.

އެގޮތުން އެފްއޭއެމުން ބުނީ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާ ކަމަށާއި، ކްލަބްތަކުން ހުށަހަޅާފައިވާ ސިޓީ އާއި ވިކްޓްރީން ހުށަހެޅި ސިޓީ ފީފާއާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެފްއޭއެމުން މިހެން ބުނެފައިވީ ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 12 ކްލަބުންވެސް ސޮއި އަނބުރާ ނެގުމަށް އެދި އެއްވެސް ސިޓީއެއް ފޮނުވާފައެއް ނުވެއެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ 12 ކްލަބުގެ އިސްވެރިންނަށް ރާއްޖެއެމްވީން ގުޅާފައިވާއިރު، އޭގެ ތެރެއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކްލަބް ފިޔަވައި އެހެން ހުރިހާ ކްލަބްތަކުން ވަނީ ރަސްމީކޮށް ސޮއި ނުނަގާކަން ކަށަވަރުކޮށްދީފައެވެ.

އެފްއޭއެމް އިދާރާ

މާޒިޔާ އާއި ޓީސީން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ހިއްސާކުރެވެން މިވަގުތު ނެތް ކަމަށެވެ. ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ކްލަބުންވެސް ސޮއި ނަގާފައެއް ނުވެއެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ބޭނުންވަނީ 12 ކްލަބެއްގެ ސޮއެވެ. އެގޮތުން އެފްއޭއެމްއަށް ވިކްޓްރީން ހުށަހަޅާފައިވާ ސިޓީއާ އެއްގޮތަށް 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަންޖެހެއެވެ.

ނަމަވެސް ފީފާގެ އިރުޝާދާއެކު، އެފްއޭއެމުން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވަން ނިންމާފައެވެ.

އެފްއޭއެމްއިން މިހެން ނިންމިޔަސް، ފީފާ އާއި އޭއެފްސީގެ ޓީމެއް އަންނަ މަހު ތިންވަނަ ދުވަހު އަދި ހަތަރުވަނަ ދުވަހު ދިމާވެގެން އުޅޭ މައްސަލައާ ގުޅޭގޮތުން ރާއްޖޭގެ ކްލަބްތަކާ މަޝްވަރާކުރާނެއެވެ. އަދި އެ މަޝްވަރާއަށްފަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ނިންމުމަކީ ކައިރި ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް