24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

މުގާބޭ އިތުރު ދައުރަކަށް

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

  • އުމުރުފުޅުން 51 އަހަރުގެ ގްރޭސް މުގާބޭ ގެންދަވަނީ ރައީސް މުގާބޭއަށް ވަފާތެރި މިންވަރު ހާމަކުރެއްވުމަށް އާއްމުކޮށް މިފަދަ ވާހަކަފުޅުތައް ދައްކަވާ
އަބުދުﷲ މުހައްމަދު | 8Abbo

| 18 ފެބުރުވަރީ 2017 | ހޮނިހިރު 17:28 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


މުގާބޭއަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތާއީދުކޮށްފައި -- ގޫގުލް

ޒިމްބާބުވޭގެ ރައީސް ރޮބާޓް މުގާބޭ އަވަހާރަވި ނަމަވެސް އޭނާއަށް އަންނަ އަހަރު ބާއްވާ އިންތިޚާބުގައި ގަބުރެއްގެ ގޮތުގައި ވާދަކުރެއްވޭނެ ކަމަށާއި އަދި ކަމިޔާބު ކުރެއްވޭނެ ކަމަށް މުގާބޭގެ އަނބިކަނބަލުން ވިދާޅުވެއްޖެއެވެ.

މުގާބޭގެ އަނބިކަނބަލުން މިހެން ވިދާޅުވީ ޒަނޫ ޕީއެފް ޕާޓީގެ ރެލީއެއްގައި ވާހަކަދައްކަވަމުންނެވެ.

ދޮން ނަސްލުގެ މީހުންގެ ވެރިކަން 1980ގައި ނިމުނު ފަހުން ޒިމްބާބުވޭގައި ވެރިކަން ކުރައްވަމުންގެންދަވަނީ މުގާބޭއެވެ.

އުމުރުފުޅުން 51 އަހަރުގެ ގްރޭސް މުގާބޭ ގެންދަވަނީ އުމުރުފުޅުން 92 އަހަރުގެ ރައީސް މުގާބޭއަށް ވަފާތެރި މިންވަރު ހާމަކުރެއްވުމަށް އާއްމުކޮށް މިފަދަ ވާހަކަފުޅުތައް ދައްކަވަމުންނެވެ.

ރައީސް މުގާބޭއަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ތާއީދުކޮށްފައެވެ. ނަމަވެސް މި ފަހަކަށް އައިސް މުގާބޭއާއެކު އާއްމު ބައްދަލުވުންތައް ބޭއްވުން ވަނީ މަދުވެފައެވެ.

މުގާބޭގެ އަނބިކަނބަލުން ވިދާޅުވީ 1980 ވަނަ އަހަރު ގެރިއްލާ ހަނގުރާމައިގައި މުގާބޭއާއެކު ހުންނެވި އެއްވެސް މީހަކަށް މުގާބޭއަކީ މުސްކުޅިއެއް ކަމަށް ބުނުމުގެ ހައްގު ނޯންނާނެ ކަމަށާއި އެހެން ބުނެ މުގާބޭއާ ވާދަކުރަން އެދުވަސްވަރުގެ މީހަކު ނުކުންނަ ނަމަ އެބަޔަކު ވެސް ވާދަކޮށްގެން ނުވާނެ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް