24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ބޮލީވުޑް

ޒޯޔާގެ ގަލީ ބޯއީ ހަތަރު ދުވަހުން ދިލް ދަޅަކްނޭދޯ ވައްޓާލެވޭނެތަ؟

  • ހަތަރު ދުވަހުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި 72.45 ކްރޯޑް ރުޕީސް ވަނީ ލިބިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 18 ފެބުރުވަރީ 2019 | ހޯމަ 16:08 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


އާލިއާ ބަޓް އާއި ރަންވީރު ސިންގް -- ހިންދުސްތާނީ ޓައިމްސް

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރި ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ ފިލްމް "ގަލީ ބޯއީ" އަށް ފިލްމް ރިލީޒް ކުރިތާ ހަތަރު ދުވަހުގެ ތެރޭގައި ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. ރެކޯޑްތަކުން ދައްކާ ގޮތުން 2015  ވަނަ އަހަރު ރިލީޒް ކުރި އޭނާގެ ފިލްމް "ދިލް ދަޅަކްނޭ ދޯ" އަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. 

އާލިއާ ބަޓް އާއި ރަންވީރު ސިންގް ލީޑް ރޯލު ކުޅެފައިވާ މި ފިލްމަށް އާދިއްތަ ދުވަހާ ހަމައަށް ހަތަރު ދުވަހުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 72.45 ކްރޯޑް ރުޕީސް ލިބިފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ މިއަދަދު ހޯމަ ދުވަހު 75 ކްރޯޑަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ގަލީ ބޯއީ" ރިލީޒް ކުރި ބުރާސްފަތި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 19.40 ކްރޯޑް ރުޕީސްއެވެ. އަދި ހުކުރު ދުވަހު 13.10 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހޮނިހިރު ދުވަހު ލިބިފައި ވަނީ 18.65 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު މި ފިލްމަށް ލިބިފައި ވަނީ 21.30 ކްރޯޑް ރުޕީސްއެވެ.

މި ފިލްމަށް އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.  

ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބފައިވާ ފިލްމަކީ "ޒިންދަގީ ނާ މިލޭނގީ ދޮބާރާ" އެވެ. މި ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާގައި އާމްދަނީގެ ގޮތުގައި 90.27 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. އަދި "ދިލް ދަޅަކްނޭ ދޯ" އަށް ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހު ތެރޭގައި ލިބިފައިވަނީ 76.88 ކްރޯޑް ރުޕީސްއެވެ.

"ގަލީ ބޯއީ"ގައި ދައްކުވައިދެނީ އިންޑިއާގެ ރަށްފުށުގެ ފަގީރު އާއިލާއެއްގެ ޒުވާނަކު ކާމިޔާބު ރެޕާއަކަށް ބަދަލުވެގެންދާގޮތެވެބާލިން ފިލްމު ފެސްޓިވަލްގައި މި މަހުގެ 9 ވަނަ ދުވަހު ޕްރިމިއާކޮށްގެން ގިނަ ބައެއްގެ ތައުރީފު ވެސް އޮހުނު "ގަލީ ބޯއި"އަކީ އިންޑިއާގެ މަގުމަތިން އުފަންވި ކާމިޔާބު ދެ ރެޕުން ކަމަށްވާ ނައޭޒީ އާއި ޑިވައިންގެ ވާހަކައިން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމްގައި ރަންވީރު އަދާކޮށްފައިވާ ރޯލަށް ހޮލީވުޑް އެކްޓަރ ވިލް ސްމިތު ވެސް ވަނީ ތައުރީފް ކޮށްފައެވެ. ވިލް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑީއޯގައި ވަނީ ރަންވީރަށް މަރުހަބާ ކިޔާ، އެފިލްމްގައި އޭނާ އަދާކޮށްފައިވާ ރޯލު ވަރަށް ކަމުދާ ކަމަށް ބުނެފައެވެ.

"ގަލީ ބޯއީ" ވަނީ އިންޑިއާގެ 3350 ސްކްރީނެއްގައި އަޅުވާފައެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައާ އެކު ޖުމްލަ 4101 ސްކްރީނެއްގައި ރިލީޒްކޮށްފައި ވެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް