17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ބީއެމްއެލް ޑޮލަރު އޭޓީއެމް

ބީއެމްއެލް އިން ޑޮލަރަށް ހާއްސަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފި

 • މި ސެންޓަރުގައި ޑޮލަރު ނެގޭ ތިން އޭޓީއެމް ވަނީ ގާއިމްކޮށްފަ
 • މި ސެންޓަރު ހުޅުވާދެއްވީ ސީއީއޯ އެންޑްރޫ ހީލީ
 • މިދިއަ އަހަރު އެކަނި 220 މިލިއަން ޑޮލަރުގެ ޓްރާންސްސެކްޝަން ހިންގާފައިވޭ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 18 ފެބުރުވަރީ 2017 | ހޮނިހިރު 16:59 | |

މަގުބޫލް

 1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
 2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
 5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
 6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
 7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
 8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ބީއެމްއެލް ޑޮލަރު އޭޓީއެމް އިން އެ ބޭންކްގެ ސީއީއޯ ފައިސާ ނެގުން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

 ޔޫއެސް ޑޮލަރުގެ މުއާމަލާތްތަކަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ. 

 ބޭންކް އޮފް މޯލްޑިވްސް އިން އާޓިފިޝަލް ބީޗް ސަރަހައްދުގައި ގާއިމްކޮށްފައިވާ އޭޓީއެމް ސެންޓަރުގައި ތިން އޭޓީއެމް ބަހައްޓާފައި ވެއެވެ. އެ ސެންޓަރުން ކޮންމެ ދުވަހަކު 640 ޑޮލަރު ނެގޭނެ ކަަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. އެ އަދަދު ކަނޑައަޅާފައި ވަނީ ދުވާލަކަށް މެޝިނަކުން ނެގޭ އެންމެ ގިނަ ލިމިޓް ކަމަށްވާ 10،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ކަމަށް ވެސް ބޭންކުން ބުންޏެވެ. އަދި 50،000ރ. އަށްވާ ވަރަށް ޑޮލަރު ޖަމާކުރެވޭނެ ކަަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ސީއީއޯ އެންޑް ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް، މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ އެ ބޭންކްގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ. އެގޮތުން ބީއެމްއެލް އިން މިއަހަރު އިއުލާނުކޮށްފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓް ޝަރީފު ފާހަގަކުރެއްވި އެވެ.

" މިފަދަ ސެންޓަރެއް ގާއިމް ކުރުމުން އަޅުގަނޑުމެންގެ ކަސްޓަރަމުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ގާތްގަނޑަކަށް 645،000 ޑޮލަރުގެ ޓްރާންސްސެކްޝަނެއް ވަނީ ހިންގާފަ.  އެއީ ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު،" މުހައްމަދު ޝަރީފު ވިދާޅުވި އެވެ.

ޑޮލަރު އެކައުންޓް ގެންގުޅޭ ފަރާތްތަކުން ބީއެމްއެލްގެ މެއިން ބަރާންޗުތަކުން މީގެ ކުރިން ޚިދުމަތް ހޯދިކަމުގައިވީ ނަމަވެސް މި އޭޓީއެމް ޑޮލަރު ސެންޓަރުގެ ސަބަބުން ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ކަސްޓަމަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މިހާރު ވެސް ރާއްޖޭގެ ހުރިހާ ބޭންކްތައް އެއްކޮށްލުމުން ވާވަރަށް ވުރެ ވެސް އަޅުގަނޑުމުންގެ ނެޓްވޯކް ބޮޑު،" ޝަރީފު ވިދާޅުވިއެވެ.

 ބީއެމްއެލް އިން ޑޮލަރަށް ޚާއްސަ އޭޓީއެމްތަކެއް ހުޅުވާފައިވާ އިރު ބީއެމްއެލް ހެޑް އޮފީހުގައި ޑޮލަރު ނެގޭ ދެ އޭޓީއެމް އަދި އެއަރޕޯޓުގައި ޑޮލަރު ނެގޭ އިތުރު އޭޓީއެމެއް ވަނީ ގާއިމްކޮށްފަ އެވެ. އެހެން ނަމަވެސް ބީއެމްއެލް ހެޑް އޮފީހުގައި ބަހައްޓާފައި ހުރި ޑޮލަރު ނެގޭ ދެ އޭޓީއެމް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރުފިޔާ އޭޓީއެމް އަށް ބަދަލުވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިއީ ޑޮލަރަށް ޚާއްސަ އޭޓީއެމް ސެންޓަރެއް ބީއެމްއެލް އިން ގާއިމް ކުރި ފުރަތަމަ ފަހަރުއެވެ. މި ސެންޓަރު ހުޅުއްވައިދެއްވާފައި ވަނީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ އެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް"ގެ ނަމުގައި ޚާއްސަ ކެމްފެއިނެއް ފަށާއިގެން ކުރިއަށް ގެންދާ އިރު މި ހިނގާ ފެބުރުއަރީ މަހުގެ ކޮންމެ ދުވަހަކު މުޖުތަމައުއަށް ފައިދާ ކުރާނެ ހަރަކާތެއް ކުރުމަށް ވަނީ ހަމަޖައްސަފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް