19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޕާކިސްތާން

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

  • ބުރާސްފަތި ދުވަހު ސޫފީ މަޒުހަބުގެ މިސްކިތަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަދުވެގެން 80 މީހުން ވަނީ މަރުވެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 18 ފެބުރުވަރީ 2017 | ހޮނިހިރު 16:46 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  5. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


ލާހުރުގައި ދާދިފަހުން ދިން ބޮމުގެ ހަަމަލާއަކަށް ފަހު ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވަނީ -- ގޫގުލް

ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއާ ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަނުގައި 100 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލައިފައިވާ ކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ސޫފީ މަޒުހަބުގެ މިސްކިތަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަދުވެގެން 80 މީހުން ވަނީ މަރުވެފައެވެ. މިހާދިސާ ހިނގާފައިވަނީ ސެހްވަން ޓައުންގައެވެ.

ބުރާސްފަތި ދުވަހު ޖާނުންފިދާވެގެން ހަމަލާ ދެވުނު މިސްކިތް ހުންނަ ސިންދް ޕްރޮވިންސުން 18 ހަނގުރާމަވެރިއަކު މަރާލައިފައިވާއިރު އެހެން ސަރަހައްދުތަކުން 13 ހަނގުރާމަވެރިއަކު މަރާލައިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ސޫފީ މަޒުހަބުގެ މިސްކިތަކަށް ބުރާސްފަތި ދުވަހު ދެވުނު ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގާފައެވެ. ހަމަލާގައި 80 މީހުން މަރުވުމުގެ އިތުރަށް 250 މީހުން ވަނީ ޒަޚަމްވެފައެވެ.

ޖާނުންފިދާވުމުގެ ހަމަލާ ދިނުމާއި ގުޅިގެން ބޮޑު ވަޒީރު ނަވާޒް ޝަރީފް ވަނީ މިހަމަލާ ކުއްވެރިކުރައްވާފައެވެ. އަދި ހަމަލާގެ ފަހަތުގައި ތިބި މީހުން ހޯދާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕާކިސްތާނުން ހިންގި ސަލާމަތީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ ބޮޑު ހަމަލާއަކާއި ގުޅިގެން އާންމުކޮށް ހިންގާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް