20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އިރާން-އިޒްރޭލް

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

  • އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ބުދަދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 18 ފެބުރުވަރީ 2017 | ހޮނިހިރު 16:33 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


އިރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ: ހާމަނާއީ ދާދިފަހުން ވަނީ ރައީސް ޓްރަމްޕް، އެމެރިކާގެ "އަސްލު މޫނު ދައްކަމުން ދާ ކަމަށް" ވިދާޅުވެފައި -- ގޫގުލް

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔާއި ސަލާމަތަށް އޮތް އެންމެބޮޑު ނުރައްކާ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބަހްރަމް ޣަސެމީއާ ހަވާލާދީ އިރާނުގެ ދައުލަތުގެ ނޫސް އެޖެންސީ، އައިއާރްއެންއޭ އިން ބުދަދުވަހު ވަނީ އިޒްރޭލާ ދޭތެރޭ އިރާނުން ދެކޭ ގޮތް ރިޕޯޓު ކޮށްފައެވެ.

އަނެއްކޮޅުން އިރާނުން ނިއުކްލިއާ ހަތިޔާރު ތަރައްގީކޮށްފާނެތީ އެކަމާ ދެކޮޅަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ.

ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ވޮޝިންޓަންގައި ބުދަދުވަހު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާފައެވެ. އިރާނުން ނިއުކްލިއާ ހަތިޔާރު ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅޭތީ އެއީ އިޒްރޭލުގެ ސަލާމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވިދާޅުވެ އިޒްރޭލުގެ ބޮޑު ވަޒީރަށް އެކަމާބެހޭ ގޮތުން ޓްރަމްޕް ވަނީ އިންޒާރު ކުރައްވާފައެވެ.

ރައީސް ޓްރަމްޕާއި ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫގެ މަޝްވަރާތަކާ ބެހޭ ގޮތުން އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބަހްރަމް ޣަސެމީ ވިދާޅުވީ އެއީ "ތާކުންތާކުނުޖެހޭ" ވާހަކަތަކެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހަގީގަތަކީ، ޒަޔަނިސްޓުން އެމީހުންގެ އެއްވެސް އިންސާފެއް ނެތް ދައުވާތައް ތަކުރާރު ކުރަމުން ގެންދާ ދިޔުން ކަމަށާއި އަދި ޒަޔަނިސްޓުންނަކީ ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކަށް ބޯލަނބާ ބައެއް ނޫން ކަމަށެވެ. އަދި އެމީހުންނަކީ އެތައް ސަތޭކަ ނިއުކްލިއަރ ވޯރހެޑް އެމީހުންގެ ނިއުކްލިއާ އާސެނަލްގައި ފޮރުވައިފާވާ ބައެއް ކަމަށް ވެސް ޣަސެމީ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް