24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ޓޫރިޒަމް މިނިސްޓަރ

ފުޓްބޯޅައިގެ ޑްރީމް ޓީމެއް އޮކްޓޯބަރގައި ރާއްޖެއަށް!

  • ޔޫރަޕުގެ ފުޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމަށް ފުރުސަތު ލިބިފައިވާކަން ހާމަކުރެއްވި
އާމިނަތު ނުޒުހާ | nuzu8121

| 17 ފެބުރުވަރީ 2019 | އާދީއްތަ 18:55 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު -- ރާއްޖެއެމްވީ

ދުނިޔޭގެ އެންމެ މަޝްހޫރު ކުލަބުތަކުން ނަން މަޝްހޫރު ފުޓްބޯޅަ ކުރުންތެރިން ހިމެނޭ ޓީމެއް އަންނަ އޮކްޓޯބަރ ރާއްޖެ ގެނައުމުގެ މަސައްކައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"އިންޓަރ ކޮންޓިނެންޓަލް ޔޫ 13" ފުޓުބޯޅަ މުބާރާތަށް ދުބާއީ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެ ޓީމް ގެނައުމުގެ ބޭނުމަކީ ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމާ އެކު ރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިކުރުވާ އެފަދަ މަންޒިލަކަށް ރާއްޖެ ހެދުން ކަމަށެވެ.

"އޮކްޓޯބަރ މަހު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދުނިޔޭގެ ތަރިން ހިމެނޭ ގޮތުން އެކުލަވާ ޑްރީމް ޓީމެއް ރާއްޖެ ގެނައުމަށް. މިނިސްޓްރީއާ ހަވާލުވުމަށް ފަހު ވައުދުވެފައި އޮންނާނެ، ރާއްޖެ އިޝްތިހާރުކުރުމަށް އެކަން އަޅުގަނޑުމެން ކުރަން ބޭނުން ކަމަށް. މި އިވެންޓް ރާއްޖޭގައި ބޭއްވުމުގެ ގްރީން ސިގްނަލް މިހާރު ވަނީ ލިބިފައި," މިނިސްޓަ ވިދާޅުވިއެވެ.

އެ ޓީމް ވެގެންދާނީ ދިވެހިންގެ މެދުގައި މަގުބޫލް ކުޅުންތެރިން ހިމެނޭ ކުރީގެ ތަރިންގެ ވެސް ހިމެނޭ ޓީމަކަށް ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މި މެޗް ބޭއްވުމަށް ހަމަޖެހިފައި މި ވަނީ، އޮކްޓޫބަރު މަހު ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހާ ވެސް ގުޅުވައިގެންނެވެ. ކުޅުންތެރިންގެ ތެރޭގައި، ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމުތައް ކަމަށްވާ އިޓަލީ، ސްޕެެއިން އަދި އިނގިރޭސިވިލާތާއި ދެކުނު އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން ހިމެނުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެެވެ.

އެ ޓީމާ އެކު ކުޅުމުގެ ފުރުސަތު ދިނުމަށް ގަސްތުކުރަނީ ރާއްޖޭގެ ކުރީގެ ފުޓްބޯޅަ ތަރިންގެ ޓީމަކާ އެކުގައިކަން މިނިސްޓަރ ފާހަގަކުރައްވިއެވެ.

މިނިސްޓަގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ހަރަކާތްތަކަކީ ރާއްޖެ ޕްރޮމޯޓުކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެއް ކަމަށާއި، ރާއްޖެ އަންނަ ޑްރީމް ޓީމު ކުޅޭނީ ވިޒިޓް މޯލްޑިވްސްގެ ނަމުގައި ކަމަށާއި މި ހަރަކާތް ބާއްވާނީ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ވެސް ބައިވެރިވުމާ އެކު ކަމަށެވެ. އަދި މި މެޗުގައި ވާދަކުރާ ކުޅުންތެރިންގެ ސެލެކްޝަން ލިސްޓެއް މިހާރު ފޮނުވާފައިވާ ކަމަށާއި ލިސްޓް ފައިނަލް ވެއްޖެ ނަމަ މި މެޗު ވެގެންދާނީ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މެޗަށް ކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫރަޕުގެ އެންމެ މަޝްހޫރު ކްލަބްތައް ކުޅޭ 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމް ބައިވެރިވާން ފުރުސަތު ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަޝްހޫރު ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި ޗެލްސީ އާއި ޔުއެންޓާސް ފަދަ ކްލަބުތައް ބައިވެރިވާ 13 އަހަރުން ދަށުގެ ދުބާއީ އިންޓަރ-ކޮންޓިނެންޓަލް ކަޕް މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

"އަޅުގަނޑުމެން ކުރި މަސައްކަތުން މީގެ ހަތަރު ވަނަ މުބާރާތުގައި އިރާދަކުރެއްވިއްޔާ ރާއްޖޭގެ 13 އަހަރުގެ ގައުމީ ޓީމް ބައިވެރިވާނެ. މިއީ ދިވެހި ތާރީހުގައި އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ 70 އިންސައްތަ ހިއްސާ ކުރަނީ ޓޫރިޒަމް ސިނާއަތުކަމަށް ވުމާއިއެކު، އެ ސިނާއަތު ހަރުދަނާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެޑަމް

1 މަސްކުރި

ދުބާއީއަށްދާ 13 އަހަރުން ދަށުގެ ޓީމުން ބޮޑުންގެ ދަރިންނަށާއި، އެމީހުން ބޭނުން ކުއްޖަކަށް ޖާގަ ދިނީމަ ހުންނާނީ ރަނގަޅަށް.. އެއްގޮތަކަސްވެސް ރާއްޖެތެރޭ ރަށެއްގަ ދިރިއުޅޭ ކުއްޖަކަށް ޖާގައެއް ނުދޭތީ، އެއިރުން ފުޓުބޯޅަ މިހާރަށްވުރެވެސް ކުރިއަރައިގެންދާނެ

0
0