23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ހޮލީވުޑް

ލޭޑީ ގާގާގެ އެންގޭޖްމަންޓް ރޫޅުނީތަ؟

  • ކެރީނޭ އާއި ގާގާ އެންގޭޖް ކުރިކަން ޔަގީންކޮށްދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 16 ފެބުރުވަރީ 2019 | ހޮނިހިރު 21:40 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ލޭޑީ ގާގާ އާއި ކްރިސްޓިއަން ކެރީނޭ -- ހިންދުސްތާނީ ޓައިމްސް

އެމެރިކަން ސިންގަރ އަދި ސޯންގް ރައިޓަރ ލޭޑީ ގާގާ އާއި އޭނާގެ ލޯބިވެރިޔާ ކްރިސްޓިއަން ކެރީނޯ އެންގޭޖްކުރިތާ ހަތަރު މަސް ފަހުން އެންގޭޖްމަންޓް ރޫޅުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިތުބާރު ހުރި މަސްދަރަކުން އި ނިއުސްއަށް ބުނެފައިވަނީ މި ދެ މީހުން ބްރޭކަޕް ވެފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި ލޭޑީ ގާގާ އާއި އަލުން ގުޅެވޭތޯ ކެރީނޯ ވަރަށް ވަރަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެ ދެ މީހުން ވަކިވީ ކަމަށް ފޭނުންނަށް ބޮޑަށް ހީވެފައިވަނީ 2019 ގްރެމީސް އަށް ކެރީނޯ ނުދާތީ ކަމަށާއި އެވޯޑް ހަފްލާގައި ގާގާ އޭނާގެ އެންގޭޖްމަންޓް އަނގޮޓި އަޅާފައި ނުވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން މަސްދަރަކުން ބުނެފައިވަނީ އެ ދެ މީހުން ވަކިނުވާ ކަމަށެވެ. ލޭޑީ ގާގާ އެ ހަފްލާގައި އެންގޭޖްމަންޓް ރިންގް އަޅާފައި ނުވަނީ ޕާރފޯމް ކުރަން ޖެހުމުން ކަމަށާއި އެ މީހުންގެ ކައިވެނީގެ ކަންކަން ލަސްކޮށްފައިވަނީ ގާގާ ބިޒީވުމުން ކަމަށެވެ. ނަމަވެސް މިއަހަރު ތެރޭގައި އެދެމީހުން ކައިވެނި ކުރާނެ ކަމަށް މަސްދަރުން ވަނީ ބުނެފައެވެ.

ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް ޕަރފޯމަންސް އެވޯޑް- "ޝެލޯ" އަށް ލިބުމުން ދިން ސްޕީޗްގައިވެސް ގާގާ އޭނާގެ ލޯބިވެރިޔާގެ ނަން ފާހަގަކޮށްފައި ނުވުމުން އެކަން ވަނީ ފަލަސުރުޚީ ތަކަށް އަރާފައެވެ.

މި ޖޯޑު އެންމެ ފަހުން އެއްކޮށްފެނިފައި ވަނީ 2019 ސެގް އެވޯޑްސްގެ ރެޑް ކާޕެޓު އިވެންޓުންނެވެ. އެ އިވެންޓްގައި ގާގާ ވަނީ ކެރީނޯއާއި ދެމީހުން އެކުގައި އޭނާގެ އެންގޭޖްމަންޓް ރިންގް ފެންނަ ގޮތަށް  ފޮޓޯއަށް ހުއްޓިފައެވެ.

 ކެރީނޭ އާއި ގާގާ އެންގޭޖް ކުރިކަން ޔަގީންކޮށްދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް