23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި

  • ބައެއް ކެންޑިޑޭޓުންނަށް ފޯމް ނެގުމަށް ވަނީ އަންގާފައި
އަމްނާ އިމާދު | @amnabinthimad

| 15 ފެބުރުވަރީ 2019 | ހުކުރު 22:21 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ޖޭޕީއަށް ރިޔާޒު ރަޝީދު ސޮއިކުރެއްވުމަށްފަހު ފޯމް ހަވާލުކުރައްވަނީ -- ޓްވިޓަރ

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާ، ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނުނެރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ އާއި ރައީސް ޔާމީނާ ދެމެދު މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް ކުރިކަމަށް ދެކެވޭ ވާހަކަތައް ޖުމްހޫރީ ޕާޓީން ދޮގުކުރެއެވެ. 

ރާއްޖެ.އެމްވީއަށް އެނގިފައިވާގޮތުގައި މަޝްވަރާތަކަށްފަހު ޖޭޕީން ބޭނުންވާ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ޕީޕީއެމާއި، ޕީއެންސީން ވާދަނުކުރަން ނިންމާފައިވެއެވެ. އަދި ކެންޑިޑޭޓުންގެ ނަން ނެގުމަށް ދަނީ އެކެންޑިޑޭޓުންނަށް އަންގަމުންކަން ރާއްޖެ.އެމްވީއަށް އެނގިފައިވެއެވެ. އެގޮތުގައި ގެމަނަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި ޖަމީލް އުސްމާން އިންތިޚާބުގައި ވާދަނުކޮށް، ޖޭޕީގެ ކެންޑިޑޭޓް އަލީ އާދިލް އަށް ފުރުސަތު ދިނުމަށް ޔާމީންގެ ފަރާތުން ވަނީ އަންގަވާފައެވެ.

ނަމަވެސް މަޖިލިސް އިންތިޚާބުގައި ދެ ޕާޓީން ދޫކުރަން ނިންމި ގޮނޑިތަކުގެ ތަފްސީލް އަދި ނުލިބެއެވެ. 

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން ޖޭޕީއާ ދެމެދު ވަނީ ދެބަސްވުންތައް އުފެދި ދެޕާޓީން ގެންދަވަނީ ބަހުގެ ހޫނު ހަމަލާ ދެމުންނެވެ. މަޖިލީސް އިންތިހާބުގައި 44 ދާއިރާއަކަށް ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާއިރު، ރައީސް ޔާމީން ދެ ސިޔާސީ ޕާޓީން ވާދަކުރާނީ ޖުމްލަ ކިތައް ދާއިރާއަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް