24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ކްރިކެޓް

ރަައީސް ސޯލިހުގެ ބަސްފުޅުތަކުން ކްރިކެޓަށް ދިރުމެއް!

  • ދިވެހި ކްރިކެޓަރުންގެ ހުނަރު މިއަދު ފެނިގެން ހިނގައްޖެކަމަށް ވިދާޅުވި
  • އަވައްޓެރި ގައުމުތަކާއިއެކު ގިނަ މެޗުތަކެއް ރާއްޖޭގައި ކުޅެވޭނެ
މިއުނާ ހަސަން | @miuna_hassan

| 15 ފެބުރުވަރީ 2019 | ހުކުރު 22:03 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


މިއަދުގެ މެޗުގައި ރައީސް ސޯލިހް ކުޅުއްވަނީ -- ރައީސް އޮފީސް

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބަސްފުޅުތަކުން ކްރިކެޓަށް ދިރުމެއް ލިބިގެން ގޮސްފި އެވެ. 

"މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް"ގެ ނަމުގައި ސްޕޯޓްސް މިނިސްޓްރީ އާއި އިންޑިއާ އެމްބަސީ އަދި ކްރިކެޓް ބޯޑް ގުޅިގެން އިންތިޒާމް ކުރި ކްރިކެޓް ސީރީޒްގައި މިއަދު ކުޅެވުނު ކްރިކެޓް މެޗު ނިންމާލުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން  ރައީސް ސޯލިހް ވިދާޅުވީ މިއަދު ކުޅުނު މެޗުން ދިވެހި ކްރިކެޓަރުންގެ ހުނަރު ފެނިގެން ހިނގައްޖެކަމަށެވެ. އަދި މިއަދު ކުޅެވުނު މެޗުފަދަ ގިނަ މެޗުތަކެއް ކުޅެވިއްޖެނަމަ، އެފަދަ ޓްރެއިނިންގްއެއް ރާއްޖޭގެ ކުޅުންތެރިންނަށް ލިބި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކްރިކެޓް ކުޅޭ ފަރާތްތަކަށް އުފާވެރި ހަބަރެއް ދެއްވަމުން ރައީސް ވިދާޅުވީ، އަވައްޓެރި ގައުމުތަކާއިއެކު ގިނަ މެޗުތަކެއް ރާއްޖޭގައި ކުޅެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ، އަވައްޓެރި ގައުމުތަކަކީ ކްރިކެޓުގައި އެންމެ ކުރިއަރާފައިވާ ގައުމުތަށް ކަމުގައިވާއިރު، އެގައުމުތަކާއިއެކު ރާއްޖޭގެ ޓީމުތަށް ގިނަ މެޗުތަކެއް ކުޅެވިއްޖެނަމަ އިތުރު ކުރިއެރުންތަކެއް ރާއްޖޭގެ ކްރިކެޓަށް ލިބިގެންދާނެ ކަމަށެވެ. 

ރާއްޖެއާއި އިންޑިޔާއާ ކުޅޭ އެކުވެރިކަމުގެ ކްރިކެޓް މެޗުގައި ރާއްޖޭގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މި މެޗަކީ އިންޑިޔާ މޯލްޑިވްސް ފްރެންޑްޝިޕް ކްރިކެޓް ސީރީޒް 2019 ގެ ތެރޭގައި ހިމެނިގެން ކުޅެވުނު މެޗެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް