24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ރައްޖެ - މެލޭޝިއާ

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ސޯލިހު ދައުވަތު ދެއްވައިފި

  • ޑރ. މަހާތިރަށް ދައުވަތު ދައްދުކޮށްދެއްވީ ރައީސް މައުމޫން
  • ޑރ. މަހާތިރު ވަނީ ދައުވަތު ޤަބޫލުފުޅުކުރައްވާފަ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 15 ފެބުރުވަރީ 2019 | ހުކުރު 20:31 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ރައީސް މައުމޫނާއި އާއި އެމްއާރްއެމްގެ އިސް ފަޜާތްތައް ޑރ. މަހާތިރާއިއެކު -- އާކައިވް

މެލޭޝިއާގެ ބޮޑުވަޒީރު ޓުން ޑރ. މަހާތިރް ބިން މުޙައްމަދު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު އެމަނިކުފާނަށް ދައުވަތު އަރުއްވައިފިއެވެ.

ރާއްޖެ ވަޑއިގަތުމަށް ދައުވަތު ދެއްވައި ރައީސް ސޯލިހު ފޮނުއްވެވި ސިޓީފުޅު ޑރ. މަހާތިރަށް ރައްދުކުރެއްވީ، ޑރ. މަހާތިރުގެ ދަޢުވަތުފުޅަކަށް މެލޭޝިއާއަށް މިހާރު ވަޑައިގެން ހުންނެވި ރާއްޖޭގެ ކުރިގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމެވެ. ރައީސް ސޯލިހު ދެއްވި ދައުވަތު މަހާތިރް ވަނީ ގަބޫލުފުޅުކުރައްވާފައެވެ.

ޑރ. މަހާތިރާއި ރައީސް މައުމޫންގެ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން، ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ ރައީސް މައުމޫން ވަނީ ޑރ. މަހާތިރާއި ޙިއްސާކުރައްވާފައެވެ. އަދި އެކަމުގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް، އެކަމަށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫން ޑރ. މަހާތިރް އަރިހުގައި ދެންނެވިއެވެ.

 

މީގެ އިތުރުން ރައީސް މައުމޫން ވަނީ ރާއްޖޭގައި ކޯލިޝަން ސަރުކާރެއް އުފެދިފައިވާއިރު، އިސްލާހަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޑރ. މަހާތިރަށް މައުލޫމާތުދެއްވާފައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަލިއަޅުވާލާ، ރާއްޖެ އައި މެލޭޝިއާއަށް މިވަގުތު ދިމާވެފައި މިވަނީ ވަރަށްވެސް އެއްގޮތް ކަންތައްތަކެއްކަން ޑރ. މަހާތިރް ވަނީ ފާހަގަކުރައްވާފައެވެ.

ސިޔާސީ ކަންކަމުގެ އިތުރުން ރައީސް މައުމޫނާއި ޑރ. މަހާތިރު ވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

 

ރައީސް މައުމޫންގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ މައުމޫން ރިފޯމް މޫވްމަންޓްގެ އިސް ބޭފުޅުން ކަމުގައިވާ އަބްދުﷲ ކަމާލުއްދީނާއި އައިމިނަތު ނާދިރާވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް