20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ދިރާގު

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

  • 2016ގެ މުޅި ޖުމްލަ ހިއްސާއަކަށް 14.37 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ވެގެންދާނެ
ރިޒުނާ ޒަރީރު | RiznaZareer

| 17 ފެބުރުވަރީ 2017 | ހުކުރު 00:18 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  3. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި


ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ޓްވިޓަރ

ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުން 1.1 ބިލިއަން ރުފިޔާ، އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ނިންމައިފި އެވެ.

 

ދިރާގުން އެކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ އިސްމާޢިލް ރަޝީދު ވިދާޅުވީ 2016ގެ މުޅި ޖުމްލަ ހިއްސާއަކަށް 14.37 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.

 

2016 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ބެހުނު 5.92 ރުފިޔާ އާއި (ޖުމްލަ 449،920،000 ރުފިޔާ)، އަދި މިދިޔަ އަހަރުގެ ހާއްސަ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ހިއްސާދާރުންނަށް ހުށަހަޅާ ހިއްސާއަކަށް ޖެހޭ 8.45 ރުފިޔާ (ޖުމްލަ 642,200,00 ރުފިޔާ) އެވެ.

 

"އަހަރެންގެ ދިރާގު –ދިވެހިންގެ ގުޅުން" މި ޝިއާރުގެ ދަށުން 2011 2012 ވަނަ އަހަރު ކުންފުނި ލިސްޓްކުރެވުނު ފަހުން ކުންފުނިން ވަނީ އެތައް ކުރިއެރުންތަކެއް ހޯދާ، ރަނގަޅު މާލީ ނަތީޖާތަކެއް ވަނީ ހޯދައިފައެވެ.

 

ފާއިތުވީ 5 އަހަރުވެސް  ދެމެހެއްޓެނިވި ފައިދާއެއް ވަނީ ހިއްސާދާރުންނަށް ބަހާފައި ކަމަށާއި މިގޮތުން 2016ގެ ހިއްސާގެ ފައިދާއާއެކު ޖުމްލަ 3.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެން ދާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

 

އަދި ހަމަ މިމުއްދަތުގައި ދިރާގުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޒަމާނީ ފެންވަރުގައި ހިދުމަތްތައް ފޯރުކޮށް ދިނުމަށް ޖުމްލަ 1.6 ބިލިއަނާއި ގާތަށް އިންވެސްޓްކޮށްފައި ކަމަށާއި އަދި ކުންފުނީގެ ހިދުމަތްތައް ބޭނުންކުރަމުންދާ ކަސްޓަމަރުންގެ އަދަދު 5 ލައްކަ އަށް އަރާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

 

ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢިލް ރަޝީދު ވިދާޅުވީ ދިރާގުގެ މިކާމިޔާބީގެ އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި، ހިއްސާދާރުންގެ މެދުގައި ކުންފުންޏަށް އޮންނަ ޔަގީންކަމާއި، އަދި ކުންފުނީގެ ހިވާގި މުވައްޒަފުންގެ ބުރަ މަސައްކަތެވެ.

 

2016 ވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ފައިދާ ބެހުމަށް ހަމަޖެހިފައިވަނީ އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް އިއުލާނުކުރެވޭ 'ބުކް ކްލޯޝަރ ޑޭޓް' ގައި ކުންފުނީގެ ރަޖިސްޓަރގައި ލިސްޓްކުރެވިފައިވާ ހިއްސާދާރުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް