23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އެންވަޔަރަންމަންޓް މިނިސްޓްރީ

މަސްވެރިކަމުގައި ބޭނުންކުރާ ތިން އުޅަނދެއް ތިމާވެއްޓާއި ރައްޓެހި ގޭހަށް ބަދަލުކުރަނީ

  • މި ޕްރޮޖެކްޓަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގައި މި ގޮތަށް ހިންގާ ފުރަތަމަ ޕްރޮޖެކްޓް
ހައްވާ މުހައްމަދު | @hawwimd

| 13 ފެބުރުވަރީ 2019 | ބުދަ 15:20 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އެންވަޔަރަމަންޓްގެ މިނިސްޓްރީގައި ބޭއްވި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

މަސްވެރިކަމުގައި ބޭނުންކުރާ ތިން އުޅަނދެއް ތިމާވެއްޓާއި ރަށްޓެހި އެޗްސީއެފްސީ ގޭހަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އެންވަރަމަންޓް އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ހުސެއިންއެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގައި މި ގޮތަށް ހިންގާ ފުރަތަމަ ޕްރޮޖެކްޓް ކަމަށެވެ.

 މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ މަސްވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ކުދި އެހެން ޖަޒީރާ ގައުމުތަކަށް ވެސް އެޗްސީއެފްސީ ބޭނުން ކުރުން ހުއްޓާލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓަކީ މަލްޓިލެޓަރަލް ފަންޑް ފޮރ ދަ އިމްޕްލިމެންޓޭޝަން އޮފް ދަ މޮންޓްރިއަލް ޕްރޮޓޮކޯލްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފިޝަރީޒް ޑިމޮންސްޓްރޭޝަން ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ މަސްވެރިކަމުގެ ސިނާއަތަށް ބަރޯސާވާ ކުދި އެހެން ޖަޒީރާ ގައުމުތަކަށްވެސް އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 2020 ވަނަ އަހަރުގެ ނިޔަލަށް ހައިޑްރޯފްލޮރޯކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް