23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައީސް މައުމޫނު އަބްދުލް ގައްޔޫމް

ކޮރަޕްޝަނާ ދެކޮޅަށް ފެށި ކެމްޕެއިނަށް މައުމޫނުގެ ތައުރީފާއި ޝުކުރު ރައީސަށް!

  • ކޮރަޕްޝަނާ ދެކޮޅަށް ފެށި ކެމްޕެއިނަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 13 ފެބުރުވަރީ 2019 | ބުދަ 15:07 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ރައީސް ސޯލިހާއި ރައީސް މައުމޫނު ސަލާން ކުރައްވަނީ: -މައުމޫނު ވަނީ ރައީސަށް މަރުހަބާ ވިދާޅުވެފައި -- ރައީސް އޮފީސް

ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެއްޓެވި "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިނާ ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވަރަށް ބޮޑަށް އުފާކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާ ކުރައްވާ ކަމަށް މައުމޫނު ރިފޯމް މޫމްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.  

އެމްއާރުއެމްގެ ފަރާތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރުއެމްގެ ސްޕޯކްސްޕާސަން ތަޒްމީލް އަބްދުއް ސަމަދު ވިދާޅުވީ ރާއްޖޭގައި މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ވާބާކަމަށްވާ ކޮރަޕްޝަނާ ދެކޮޅަށް ނެންގެވި ފިޔަވަޅަކީ ވަރަށް މުހިންމު ފިޔަވަޅަކަށް ވާތީ އެކަމަށް ރައީސް މައުމޫނާއި އެމްއާރުއެމް އިން މަރުހަބާ ކިޔާ ކަމަށެވެ. 

"އެމަނިކުފާނު (ރައީސް މައުމޫނު) އެހާ އުމުރުން ދުވަސްވެފައިވާއިރުވެސް ޖަލުގެ ތޭރިތަކުގެ ތެރޭގައި އެންމެ ހިތްދަތި ދުވަސްތައް ހޭދަކުރަން ޖެހުނީ ކޮރަޕްޝަނާ ދެކޮޅަށް ކުރައްވަން ފެއްޓެވި އިސްލާޙީ މަސައްކަތުގެ ތެރޭގައި. އޭގެ ސަބަބުން އެތައް އުނދަގޫ ތުރާ ތަކެއް ކުރިމަތިކުރުވާ އެމަނިކުފާނުގެ ޖިސްމަށް ގެއްލުންތައް ލިބުނު ހިނދުގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކޮރަޕްޝަނާ ދެކޮޅަށް އެމަނިކުފާނުގެ ބަސް އެމަނިކުފާނުވަނީ ގެނެސް ދެއްވާފައި. އަދި މިއަދުވެސް އެމަނިކުފާނު ހުންނެވީ އެގޮތުގައި،" ތަޒްމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ރައީސް މައުމޫނު ވަނީ ކޮރަޕްޝަނުގެ އަމަލުތަކާ ދެކޮޅަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި ނަމަވެސް ސަރުކާރަށް ކުރި ތާއިދު އަނބުރާ ގެންދެވީ ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ލިބިވަޑައިނުގެންނެވުން ކަމަށް ވެސް ތަޒްމީލް ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ސަބަބުން އެމަނިކުފާނަށް އަނިޔާތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ނަމަވެސް މިއަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅުގައި ފަސްޖެހިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.  

"މިއަދި އެމަކުފާނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮރަޕްޝަނާ ދެކޮޅަށް ޒީރޯޓޮލަރެން އިއުލާން ކުރެއްވުން،" އޭނާ ވިދާޅުވިއެވެ.  

އެމްއާރުއެމް އިން ބުނީ ސަރުކާރުން ފެށި ކެމްޕެއިނަށް އެފަރާތުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.     

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް