23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

އިންޓަރ ކޮންޓިނެންޓަލް ޔޫ 13 މުބާރާތް

އިންޓަރ ކޮންޓިނެންޓަލް ޔޫ 13 މުބާރާތަށް ޓޫރިޒަމް މިނިސްޓަރ ދުބާއީއަށް ފުރާވަޑައިގެންފި

  • މުބާރާތް އޮންނަ 1 ދަނޑު ދިވެހިރާއްޖެއަށް ޚާއްސަކޮށްފައިވޭ
  • ދުވާލެއްގެ މައްޗަށް 6 މިލިއަން ވިއުވާރސް މުބާރާތަށް ލިބޭނެ ކަމަށް ބެލެވޭ
ލައިޝާ އަހްމަދު | LailaAhmeds

| 13 ފެބުރުވަރީ 2019 | ބުދަ 11:34 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ޓޫރިޒަމް މިނިސްޓަރ ދެއްވި ޕްރެސް ބްރީފިންގް -- ރާއްޖެއެމްވީ

ދުބާއީގައި އޮންނަ "އިންޓަރ ކޮންޓިނެންޓަލް ޔޫ 13" ފުޓުބޯޅަ މުބާރާތަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފުރާވަޑައިގެންފިއެވެ. 

ބުދަ ދުވަހު ދުބާއީއަށް ފުރާވަޑައިގަންނަވަމުން ނޫސްވެރިންނާ ބައްދަލުކުރައްވައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ސްޕެއިން އަދި ރިއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން މިޝަލް ސަލްގާޑޯ ފައުންޑިންގ މެމްބަރަކަށް ހުންނަވައިގެން އިންތިޒާމު ކުރާ މުބާރާތެއް ކަމަށްވާ އިންޓަރ ކޮންޓިނެންޓަލް ޔޫ13 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ވެސް ރާއްޖެ ހިމެނިފައިވާ ކަަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. 

" ޕްލެޓިނަމް ސްޕޮންސަރަކަށް ދިވެހިރާއްޖެ ވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި އެމީހުންގެ ސޯޝަލް މީޑިއާ ވެބްސައިޓް ތަކުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރެވިގެންދާނެ. އަދި ވިޒިޓް މޯލްޑިވްސްގެ މާރކެޓިންގް ވީޑިއޯސްތައް ، އެމްއެމްޕީއާރްސީ ފަރާތުން ތައްޔާރު ކޮށްފައިވާ ވީޑިއޯތައްވެސް މި މުބާރަތް ހިނގާ ސަރަހައްދުގައިވެސް އަންނަ ބެލުންތެރިންނަށްވެސް ފެނިގެންދާނެ. " މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ، މުބާރާތް ބާއްވާ ދެ ދަނޑުގެ ތެރެއިން 1 ދަނޑު ދިވެހިރާއްޖެއަށް ޚާއްސަކުރެވިފައިވާ ކަމަށާއި، އެއް ދަނޑުގެ ނަމަކަށް އޮންނާނީ "ވިޒިޓް މޯލްޑިވްސް" ކަމަށާއި، މުބާރާތުގައި ބައިވެރިވާ ސްޕެނިޝް ސޮކަރ ސްކޫލް ގެ މެއިން ސްޕޮންސަރ އަކީވެސް ދިވެހިރާއްޖެ ކަމަށެވެ. 

" ރިއަލް މެޑްރިޑް، ބާސެލޯނާ، ޔުވެންޓަސް މީގެ ރަސްމީ އަންޑަރ 13 މުބާރާތެއްގައި ދިވެހިރާއްޖޭގެ ނަން ޖެހެވިގެން ޓީމެއް ބައިވެރި ކުރެވި އަދި ދެ ޕިޗުގެ ތެރެއިން 1 ޕިޗު ، އަޅުގަނޑު ފާހަގަކޮށްލަން މި މުބާރާތުގެ ކުއާޓަރ ފައިނަލް ، ސެމީ ފައިނަލް ވެސް މި ޕިޗު ތަކުގައި ކުޅެވިގެންދާނެ. ހަމައެކަނި ފައިނަލް މެޗު ދެން އިން ޕިޗަށް ދާނީ، އެހެންވީމާ އަޅުގަނޑަށް ޔަޤީންވާ ކަމަކީ އިރާދުކުރެއްވިއްޔާ ދުނިޔޭގެ ބޮޑެތި ބްރޭންޑުތައް ދިވެހިރާއްޖޭގެ ވިޒިޓް މޯލްޑިވްސް ޕިޗުގަ ކުޅޭ މަންޒަރު ފެނިގެންދާނެ. މިއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަޚުރެއް" މިނިސްޓަރ ވިދާޅުވިއެވެ. 

ދުނިޔޭގެ ބޮޑެތި ކްލަބްތައް ކަމަށްވާ ބާސެލޯނާ އަދި ރިއަލް މެޑްރިޑްގެ އިތުރުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއި، އިނގިރޭސި ވިލާތުގެ ޗެލްސީފަދަ ޓީމުތައް ބައިވެރިވާ މި މުބާރާތް ދުނިޔޭގެ މަޝްހޫރު ޓީވީތަކުން ދެއްކުމަށް ހަމަޖެހިފައިވާއިރު، ދުވާލެއްގެ މައްޗަށް 6 މިލިއަން ވިއުވާރސް މުބާރާތަށް ލިބިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. 

އޭގެ އިތުރުން ވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ބައިނަލްއަޤުވާމީ މީޑިއާގައި ރާއްޖެ ޕްރޮމޯޓުކުރުމަށް ގިނަ މަޝްވަރާތަކެއް މި ދަތުރުފުޅުގައި ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް