24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ޓީޗަރުން ހޯދުން

މިއަހަރު ޓިޗަރުން ހަމަނުވާ ކަމަށް ބުނެފައިވާ ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަޖެއްސި: މިނިސްޓަރ

  • ބިދޭސި ތީޗަރުންނާއި ސްކައިޕް އިންޓަވިއު ކުރޭ
  • ހުރަވީ ސްކޫލު ހުޅުވުމުން  މާލޭގެ ސްކޫލުތަކުން ތިޗަރުން ހުރަވީ ސްކޫލަށް ބަދަލުވި
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 13 ފެބުރުވަރީ 2019 | ބުދަ 01:29 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝްތު އަލީ -- ރާއްޖެއެމްވީ

މިއަހަރު ފެށުނުއިރު ޓީޗަރުން ހަމަނުވާކަމަށް އަންގާފައިވާ ހުރިހާ ސްކޫލަކަށްވެސް ޓީޗަރުން ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝްތު އަލީ ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރު ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލަކަށްވެސް ޓީޗަރުން ހަމަވާނެ ކަމަށާއި ޓީޗަރުން ހަމަނުވާ ކަމަށް ބުނެފައިވާ ސްކޫލުތަކަށް ވެސް ޓީޗަރުން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ބިދޭސީ ޓީޗަރުން އެބޭފުޅުންގެ ގައުމަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައި ނުގަންނަވާނެކަން ބައެއްފަހަރު އަންގަވަނީ ސްކޫލްތަށް ހުޅުވެން ހަފްތާއަކަށް ވުމުން ކަމަށާއި އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަވެސް  ވީ އެންމެ  އަވަހަކަށް އެމަގާމް ތަކަށް މީހުން ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މާލެއިން އެހެން ރަށްރަށައް ހިޖުރަ ކުރާ ފަރާތްތަށް އުޅޭނެ. އަދި އަތޮޅުތަކުން މާލެއަށް ހިޖުރަ ކުރާ ފަރާތްތަށް މަދެއްނޫން. މިސާލަކަށް ހުރަވީ ސްކޫލު ހުޅުވުމުން  މާލޭގެ އެހެން ސްކޫލުތަކުން ތިޗަރުން ހުރަވީ ސްކޫލަށް ބަދަލުވި އެހެންކަމުން ހުސްވި މަގާމްތަކަށް އެހެން ޓީޗަރުން ހޯދުމަށް ވަގުތުކޮޅެއް ނަގާނެ. އަދި އެފަދަ ކަންކަމަކީ މުޅި އަހަރުގައިވެސް ހިނގަމުންދާނެ ކަންތައްތަށް"  މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލުތަށް ބޮޑު ޗުއްޓިއަށް ބަނދުވުމުގެ ކުރިން ޓިޗަރުން ހޯދުމުގެ މަސައްކަތް ކުރަށްވާކަން ފަހާގަ ކުރަށްވާ މިނިސްޓަރ ވިދާޅުވި ޓީޗަރުންނާއި އިންޓަރވިއު ކޮށް ނިމޭއިރު ރިޒާވްގައި ޓީޗަރުން ތިބޭނެ ކަމަށާއި އެހެން ކަމުން ޓީޗަރަކު މަދުވާ ތަނަށް ޓީޗަރަކު ހޯދުމުގައި މާބޮޑު ލަސްތަކެއް ނުވާނެ ކަމަށެވެ. އަދި ބައެއްފަހަރު ބިދޭސި ތީޗަރުންނާއި ސްކައިޕް އިންޓަރވިއުވެސް ކުރާ ކަމަށާއި އެއީވެސް ޓީޗަރުން އަވަހަށް ރާއްޖެ ގެނައުމަށްޓަކައި ކުރަމުން ދާކަމެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަތޮޅުތެރޭގައި ކިޔަވައި ދެއްވާ  ބައެއް ޓީޗަރުންނަކީ ކަމަށް ގާބިލް ނޫން ބައެއްކަމަށް ދެކެވޭ ވާހަކަތަކަށް ރަށްދު ދެއްވަމުން މިނިސްޓާރ ވިދާޅުވީ ހުރިހާ ސްކޫލެއްގައިވެސް ތިބޭނީ ފެންވަރު ރަނގަޅު ޓީޗަރުން ކަމަށާއި މާލެއާ  އޮތޮޅު ތަކާއި އެއްވެސް ވަރަކަށް ތަފާތު ނުކުރާ ކަމަށެވެ. ޓީޗަރުން އެންމެ އަވަހަށް ބޭނުންވާ ސްކޫލުތަކަށް ހަމަޖެހިފައިވާ އުސޫލުން އަވަހަށް ޓީޗަރުން ފޮނުވަމުން ދާކަމަށްވެސް  ވިދާޅުވިއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް