21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ސްޓެލްކޯ

ކެއަރ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ ހަރަދު ސްޓެލްކޯއިން ދެނީ

  • އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ ހަރަދު އެއް އަހަރަށް ސްޕޮންސަރ ކުރާނެ
ސިމާހާ ނަސީމް | sim_kamana

| 12 ފެބުރުވަރީ 2019 | އަންގާރަ 22:58 | |

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ސްޓެލްކޯ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ކެއަރ ސޮސައިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު ސްޓެލްކޯ އޮފީހުގައި، ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުގްނީ ސޮއިކުރައްވާފައިވާއިރު ކެއަރ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއަރމަން ތަހާ ސަލީމެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ބޭނުންވާ ޓީޗަރެއްގެ ހަރަދު އެއް އަހަރަށް ސްޕޮންސަރ ކުރާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މުގުނީ ވިދާޅުވީ ސްޓެލްކޯ އިން އަބަދުވެސް އިޖްތިމާއީ ކަންކަން ކުރިއަށް ގެންދިޔުމަށް ހިތްވަރުދޭ ކަމަށާއި އެފަދަ ހުރިހާ ކަމެއްގައި އިސްނެގުމަށް ސްޓެލްކޯ ތައްޔާރަށް އޮތް ކަމަށެވެ.

ކެއަރ ސޮސައިޓީ 1998 ވަނަ އަހަރު އުފައްދާފައިވާއިރު އެ ސޮސައިޓީގައި 421 މެމްބަރުން ހަރަކާތްތެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް