21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ގޯރޑަން ބޭންކްސް

އިންގްލެންޑަށް ވޯލްޑް ކަޕް ހޯދައިދިން ކީޕަރު ގޯޑަން ބޭންކްސް މަރުވެއްޖެ

  • ހުނަރުވެރި ކީޕަރު މަރުވީ އުމުރުން 81 އަހަރުގައި ގުދުރަތީ މަރަކުން
އަމަން ހަލީމް | soupized

| 12 ފެބުރުވަރީ 2019 | އަންގާރަ 22:58 | |

އިނގިރޭސި ކީޕަރު ގޯޑަން ބޭންކްސް -- ގެޓީ އިމޭޖާސް

އިނގިރޭސިވިލާތަށް ފުޓުބޯޅަ ވޯލްޑް ކަޕް ހޯދައިދިން މަޝްހޫރު ކީޕަރު ގޯޑަން ބޭންކްސް، އުމުރުން 81 އަހަރުގައި މަރުވެއްޖެއެވެ.

ގޯޑަން ބޭންކްސްއަކީ ދުނިޔޭގެ އެއްމެ މޮޅު ކީޕަރުންގެ ލިސްޓުގައި ގިނަ މީހުން ހިމަނާފައިވާ ހުނަރުވެރި ކީޕަރެކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ސްޓޯކް ސިޓީއަށާއި ލެސްޓަރ ސިޓީއަށް ކުޅެފައިވާ ކީޕަރު ގިނަ މީހުންނަށް އެނގެނީ އޭނާ ގައުމީ ޓީމަށް ކުޅެމުން މަތަކޮށްފައިވާ މޮޅެތި ބޯޅަތަކުގެ ސަބަބުންނެވެ.

ބޭންކްސް މަރުވުމާއި ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ފަރާތްތަކަކުން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. މީގެ ތެރޭގައި އެހާރާއި މިހާރުގެ ގިނަ ފުޓުބޯޅަ ތަރިން ހިމެނެއެވެ. ބޭންކްސް މަރުވީ ވާހަކަ އެއްމެ ފުރަތަމަ އޭނާގެ އާއިލާއާއި ހަވާލާދީ ހާމަކުރީ އޭނާގެ ކުރީގެ ކުލަބު ސްޓޯކް ސިޓީންނެވެ.

ވޯލްޑް ކަޕް ކާމިޔާބު ކުރުމާއި ގުޅިގެން ބޭންކްސް ވަނީ 1970 ވަނަ އަހަރު އޮފިސަރ އޮފް ދަ ބްރިޓިޝް އެމްޕަޔަރގެ ލަގަބު ހޯދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް