21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އިންޑިއާ - ރާއްޖެ

އިންޑިއާ-ރާއްޖެ ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދޭ ޓްރީޓީގައި ސޮއި ކުރުމާއި މެދު ގޮތެއް ނިންމަން މަޖިލީހަށް

  • ރައީސް ސޯލިހު މިގޮތަށް ނިންމެވީ އެއްބަސްވުމުގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ލަފާއެރުވުމާއި ގުޅިގެން
އަމަން ހަލީމް | soupized

| 12 ފެބުރުވަރީ 2019 | އަންގާރަ 19:44 | |

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ރައީސް އޮފީސް

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ސޮއި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފަޔަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމެވީ އަންގާރަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހު، އެއްބަސްވުމުގައި ސޮއިކުރަން ވަޒީރުންގެ މަޖިލީހުން ލަފާއެރުވުމާއި ގުޅިގެންނެވެ.

މި ޓްރީޓީގެ ބޭނުމަކީ ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްގައުމުން އަނެއް ގައުމަށް ދިނުން ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތި ދީފައެވެ. އެގޮތުން ކޯޓަށް ހާޒިރުކުމުގައާއި، ކޯޓު އަމުރު ތަންފީޒުކުރުމުގައާއި އެހެނިހެން ޝަރުޢީ ކަންކަމުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިކަން ބޭނުންވާކަން ދަނެ، އެހީތެރިކަން ފޯރުކޮށް ދިނުމަށް މި އެއްބަސްވުމުގައި ވެއެވެ.

މި ޓްރީޓީގެ ދަށުން، އެގައުމެއްގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނާއި އަދި މި ޓްރީޓީގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެމަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާޢީ މައްސަލަތަކުގައި އެހީތެރިކަން ދޭންޖެހޭނެއެވެ. މީގެ ތެރޭގައި މައްސަލަ ތަޙްޤީޤުކުރުމުގައާއި، ޝަރީޢަތް ހިންގުމުގައާއި އަދި މައްސަލަ ނިމުމުން ހިނގާ ކަންތައްތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.

މި ޓްރީޓީގެ ދަށުން ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ބަލައި އަދި ކުރިއަށް ގެންދާނީ އެގައުމެއްގައި ގާއިމްކޮށްފައިވާ ސެންޓްރަލް އޮތޯރިޓީން ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ސެންޓްރަލް އޮތޯރިޓީއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. މި ޓްރީޓީގެ ދަށުން ހުށަހަޅާ އެއްވެސް މައްސަލައެއް ހުށަހެޅުމަށާއި އަދި އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމަކަށް ހިނގާ ޚަރަދެއް، ދޭންވާނީ އެހުށަހެޅުމެއް ހުށަހަޅާ ޤައުމަކުން ކަމަށް ވެސް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

މި ޓްރީޓީގެ ސަބަބުން މިހާރު ޢާންމުވެފައިވާ ކުށްކުރުމާއި އަދި ޚާއްސަކޮށް ޓެރަރިޒަމް ފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމާއި ކޮންޓްރޯލް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އިންޑިޔާގެ އިތުރުން ސްރީލަންކާ، ޔޫ.އޭ.އީ، އަދި ރަޝިޔާ އާއެކުވެސް މިފަދަ މުއާހަދާގައި ސޮއިކުރުމާ ބެހޭ މަޝްވަރާތައް ސަރުކާރުން އެބަ ކުރިއަށް ގެންދާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް