18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ނިއުޒިލޭންޑްގެ ޖަންގަލިތަކުގައ

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

  • މިހާރުވަނީ 1،800 ހެކްޓަރުގައި އަލިފާން ހިފާފައި
  • މިހާތަނަށް 400 ގެއިން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 16 ފެބުރުވަރީ 2017 | ބުރާސްފަތި 18:41 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  5. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


މިހާރުވަނީ 1،800 ހެކްޓަރުގައި އަލިފާން ހިފާފައި -- ގޫގުލް

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ރައްބޭރުގެ ޖަންގަލިތަކުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން އެތައް ސަތޭކަ ގެއެއްގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.

އެ ސިޓީއާ ޖެހިގެން އޮތް ސެލްވީންސް ޑިސްޓްރިކްޓްގައި ވެސް ކުއްލިނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އަލިފާން ނިއްވާ މީހުންނަށް އެހީވުމަށް އަސްކަރިއްޔާ ވެސް ވަނީ ފޮނުވާފައެވެ.

މިހާތަނަށް 11 ގެއަކަށް ގެއްލުންވެފައިވާއިރު މުޅި ސިޓީއަށް ވަނީ ދުންގަނޑު ފެތުރިފައެވެ.

އަސްކަރިއްޔާގެ އިސް ޕައިލެޓަކު ދުއްވި ހެލިކޮޕްޓަރު އަންގާރަ ދުވަހު ވެއްޓި އޭނާ ވަނީ މަރުވެފައެވެ. ކެޕްޓަން ޑޭވިޑް ސްޓީވަން އަސްކިންއަކީ 2011ވަނަ އަހަރު އަފްޣާނިސްތާނުގެ ކާބުލްގައި ހޮޓަލެއް ހިސާރުކޮށްގެން އުޅެނިކޮށް އެތަނުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އޭނާ ދައްކައިދީފައިވާ ހިތްވަރުގެ ސަބަބުން ބްރޭވަރީ އެވޯޑް ދީފައިވާ މީހެކެވެ.

ޕޯޓް ހިލްގައި ހޯމަ ދުވަހު އަލިފާން ރޯވެފައިވަނީ ދެ ސަރަހައްދެއްގައި ވަކިންނެވެ.

މިހާރުވަނީ 1،800 ހެކްޓަރުގައި އަލިފާން ހިފާފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި 14 ހެލިކޮޕްޓަރާއި 3 މަތިންދާބޯޓް ބޭނުން ކުރާއިރު 130 ފަޔަރ ފައިޓަރުން މަސައްކަތްކުރަމުންދެއެވެ.

މިހާތަނަށް 400 ގެއިން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު އިތުރު އެތައް ސަތޭކަ ބަޔަކުވަނީ ސަރަހައްދު ދޫކޮށް ދިއުން އިޚްތިޔާރުކޮށްފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް