16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ކަސްޓަމްސް ތަފާސް ހިސާބު

ފާއިތުވި ޖެނުއަރީ މަހު އިމްޕޯޓް ކުރި މުދަލުގެ 6 އިންސައްތަ އިތުރުވެއްޖެ

  • އެންމެ ގިނައިން އިމްޕޯޓްކުރީ ޔޫއޭއީ އިން
  • އެންމެ މަދުން އިމްޕޯޓްކޮށްފައި ވަނީ ތައިލެންޑާއި މެލޭޝިޔާ އިން
ރިޒުނާ ޒަރީރު | RiznaZareer

| 12 ފެބުރުވަރީ 2019 | އަންގާރަ 16:03 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ރާއްޖޭއަށް މުދާ އެތެރެކުރާ މައި ބަނދަރު -- ކަސްޓަމްސް

ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހައެއް އިންސައްތަ އިތުރުވެއްޖެއެވެ.  

ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، މި އަހަރުގެ ޖެނުއަރީ މަހު މި ޢަދަދުވަނީ ހަތަރު ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވޭތުވެދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓްކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީއަށް ބަލާއިރު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓް ކޮށްފައި ވަނީ 473.2 މިލިއަން ރުފިޔާގެ މުދަލެވެ. އަދި 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓް ކުރި މުދަލަށް ވަނީ 342.6 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 28 އިންސައްތަ ދަށް އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.

މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުވަނީ 268 މިލިއަން ރުފިޔާ ލިބިފައެވެ. އަދި 2019 ޖެނިއަރީ މަހު ވަނީ ލިބިފައިވަނީ 306.6 މިލިއަން ރުފިޔާ ކަމަށްވާއިރު މިއީ 14.39 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 21 އިންސައްތަ ޔޫ.އޭއީ އިން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އިން 16 އިންސައްތަ އަދި ސިންގަޕޫރުން 10 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

ވޭތުވެދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ޤައުމުތަކަކީ އިންޑިއާ، މެލޭޝިޔާ، ޖަރުމަނުވިލާތް، ޔުނައިޓެޑް ސްޓޭޓްސް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ތައިލެންޑްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް