16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއާ މެދު ގޮތެއް ނިންމޭނީ ކޮމެޓީން ގޮތެއް ނިންމުމުން: ހައުސިން

  • އަލުން ފެލެޓް އެދޭކަށް ނުޖެހޭނެ
  • އަމަލުކުރާނީ ކޮމެޓީން އަރުވާ އިރުޝާދާ އެއްގޮތަށް
އަމްނާ އިމާދު | @amnabinthimad

| 12 ފެބުރުވަރީ 2019 | އަންގާރަ 15:48 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު -- ރާއްޖެއެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫ އިން ފްލެޓް ލިބިފައިވާ ކަމަށް ލިޔުން ހަވާލުކޮށްފައިވާ މީހުންނާ މެދު ގޮތެއް ނިންމާނީ ފްލެޓްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމެޓީން ގޮތެއް ނިންމުމުން ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވެއްޖެއެވެ.

ޔާމީންގެ ދައުރުގެ އެންމެ ފަހު ވަގުތު އަވަސް އަރުވާލައިގެން ގިނަ ބަޔަކަށް ވަނީ ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ. އަދި ފްލެޓް ދީފައި ވަނީ ބޭއިންސާފުން ކަމަށާއި، ގިނައިން ދީފައި ހުރީ ޔާމީންގެ ކެންޕޭންގައި ހަރަކާތްތެރިވި ފަރާތްތަކަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ފްލެޓް ދިނުމުގައި އަވަސް އަރުވާލައިގެން މާބޮޑު ބެލުމެއް ނެތި ދީފައިވާ ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. 

މި މައްސަލައިގެ ތަހުގީގު ކުރުމަށް ރައީސް ސޯލިހު ވަނީ ޚާއްސަ ކޮމެޓީއެއް އުފައްދަވާފައެވެ. މިހާރު ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފައި ތިބި މީހުންނާ މެދު ވާނެ ގޮތާއި، ފްލެޓަށް އިއުލާން ކުރުމުން އަލުން އެޕްލައި ކުރަންޖެހޭނެތޯ ބުނެ، ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ވިދާޅުވީ މިސަރުކާރުގައި އެ މަޝްރޫއުތަކަށް އެދުމަށް ހުޅުވާލި ނަމަވެސް ލިޔުން ލިބިފައިތިބި ފަރާތްތަކުން އަލުން އެޕްލައި ކުރަން ނުޖެހޭނެ ކަމަށާއި، ނަމަވެސް އައު މަޝްރޫއެއް ނަމަ އެޕްލައި ކުރެވިދާނެ ކަމަށެވެ.

"މިހާރު ޖެހިވަޑައިނުގަންނަވާނެ އެޕްލައި ކުރައްވާކަށް.އެބޭފުޅުން މިހާރު އެތިއްބެވީ ސްކީމަކަށް އެޕްލައި ކުރައްވައިގެން. އެހެން ނޫން އާސްކީމެއް އައިމަ އާސްކީމަކަށް އެޕްލައި ކުރައްވާނަމަ އެއީ އަދި އެހެންކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފްލެޓް ލިބުނު ފަރާތްތަކާ މެދު އަމަލުކުރާނީ ރައީސް އޮފީހުން އަރުވާ އިރުޝާދާ އެއްގޮތަށް ކަމަށެވެ. 

އޮންލައިންކޮށް ފްލެޓަށް އެދެވޭ ގޮތަށް "މަގޭ ހިޔާވެހި" ނަމުގައި ވަނީ ޕޯޓަލްއެއް ގާއިމްކޮށްފައެވެ. ޕޯޓަލްގައި މިވަގުތު އެއްވެސް ފްލެޓަކަށް ކުރިމަތިލާކަށް ހުޅުވާލާފައި ނުވާ ކަމަށާއި ނަމަވެސް ރައީސް ސޯލިހު ރިޔާސީ ބަޔާނުގައި ވިދާޅުވި 4000 ހައުސިން ޔުނިޓު ހުޅުވާލުމާ އެކު ޕޯޓަލްގައި އެއަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް