19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

އެސްޓީއޯ

ސަރުކާރާއި، ކުންފުނިތަކުން 2.4 ބިލިއަށް ރުފިޔާ އެސްޓީއޯއަށް ދަރާފައި!

  • ވޭތުވެދިޔަ ހަތަރު އަހަރު ފެނަކައާއި މިފްކޯއިން އެކުންފުނިން ތެޔޮ ނެގުމަށްފަހު ފައިސާދައްކާފައި ނުވާކަމަށް ވިދާޅުވި
  • ފެނަކައިން އެކަނިވެސް 685 މިނިއން ރުފިޔާ އެބަހުރި
އާމިނަތު ނުޒުހާ | nuzu8121

| 12 ފެބުރުވަރީ 2019 | އަންގާރަ 04:51 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  5. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  6. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  7. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  8. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި


އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމުރު -- އާކައިވް

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު ނިމިގެން ދިޔައިރު، ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯއަށް، ސަރުކާރާއި ކުންފުނިތަކުން ދައްކަން ޖެހޭ އަދަދު 2.4 ބިލިއަން ރުފިޔާއަށް އަރާކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމުރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ތެލާއި އެސްޓީއޯގެ ތަންތަން ކުއްޔަށް ހިފައިގެންނާއި މިނޫނަސް އެކި އެކި ގޮތްގޮތުން އެސްޓީއޯއަށް ދައްކަން ޖެހޭ އެތައް ބައިވަރު ފައިސާ ހުރިއިރު އެފައިސާ ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ތަންތަން ވެސް އެބަހުރިކަމަށެވެ. އެ ފައިސާ ހޯދުމަށް މިހާރު ކޯޓަށް މައްސަލަތައް ވައްދާފައިވާކަމަށް އަމްރު ވިދާޅުވިއެެވެ.

އަމްރު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ފެނަކައާއި މިފްކޯއިން އެކުންފުނިން ތެޔޮ ނެގުމަށްފަހު ފައިސާދައްކާފައި ނުވާކަމަށެވެ.

"ފެނަކައިން އެކަނިވެސް 685 މިނިއން ރުފިޔާ އެބަހުރި. ތެޔޮ ގެންދޭ. ތެޔޮ ދޭން ޖެހޭ. އެހެން ނޫނީ ރަށްރަށުގައި ކަރަންޓެއް ނުހުއްނާނެ. މިފްކޯއަށް އެބަ ދޭން ޖެހޭ ތެޔޮ އެކަމަކު އަނބުރާ ފައިސާއެއް ނުލިބޭ. މިފްކޯ ހިންގަންވެެސް ތެޔޮ އެބަ ބޭނުންވޭ. އެހެން ނޫނީ މަސްވެރިން ބާނާ މަހެއް ނުގަނެވޭ. އެހެން ވީމައި އެސްޓީއޯއިން މިހާރު ތެޔޮ ގަންނަނީވެސް މި ލޯނު ނަގައިގެން. ބޮޑު އިންޓަރެސްޓް ރޭޓްގައި. އެންމެ ބޮޑު ޚަރަދެއް ދަނީ އެކަމަށް. ފައިނޭންސިން ކޮސްޓަށް" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ހުރިހާ ފައިސާއެއް މިހާރު ހުރީ އެހެން ތަންތަނަށް ގޮސް ހަރުލާފައި ކަމަށެވެ. އެސްޓީއޯއިން މިދިޔަ ހަތަރު ފަސް އަހަރު ކުރި ވިޔަފާރީގެ ފައިދާ ހުރީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެެވެ. އަދި އެ ލިބޭނެ ގޮތެއްވެސް އަދި ދުވަހެއް ވެސް ނޭނގޭ ކަމަށް ވިދާޅުވިއެވެ. އެއީ މިވަގުތު އެސްޓީއޯއަށް އޮތްވަރަށް ބޮޑު ގޮންޖެހުމެއް ކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އެކަންކަން ހިނގާފައި ހުރީ މަތިން އޯޑަރު އައިސްގެން މަޖިލިސް މެންބަރުންގެވެސް ސިޔާސީ ނުފޫޒާއިވެސް އެކުގައި ކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި އެސްޓީއޯއަކީ ރަނގަޅު ޕޮލިސީތައްވެސް ހެދިފައިހުރި ރަނގަޅު އިންސްޓިޓިއުޝަނެއް ނަމަވެސް ސިޔާސީ ނުފުޒާއިއެކު މިދިޔަ ފަސްއަހަރު އެތަން އޮތީ ހަލާކުކޮށްލާފައެވެ. އެހެންނަމަވެސް އެ ގޮންޖެހުން ތަކުން އަރައިގަނެ އެސްޓީއޯގެ ހިންގުން ހަރުދަނާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް