19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެޑިއުކޭޝަން މިނިސްޓްރީ

މާލެ އޭރިއާގައި އިތުރު 10 ސްކޫލް އަޅަނީ!

  • އަލަށް އަޅާ ސްކޫލުތަކުގެ މަސައްކަތް ކުރިއަށް ދާނީ ފަސް އަހަރަށް ބަހާލެވިގެން
އާމިނަތު ނުޒުހާ | nuzu8121

| 12 ފެބުރުވަރީ 2019 | އަންގާރަ 02:04 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ޓްވިޓަރ

އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމުގެ ގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް އާ 10 ސްކޫލެއް އަޅަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސްކޫލުތަކުގެ ކިޔަވާދިނުން އެއް ދަންފަޅި އަށް ބަދަލުކުރަން ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓް ހާމަކުރުމަށް ވިލިމާލޭ މުހިޔުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މާލޭގައި އިތުރު ސްކޫލުތައް އަޅަންޖެހެނީ އެއް ދަންފަޅިއަށް ކިޔަވައިދޭން ބޭނުންވާ ވަރަށް ކްލާސްރޫމުތައް ނެތުމުން ކަމަށެވެ.

އެއްދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް އޮޑިޓް ރިޕޯޓްއެއް ހަދައި ހޯމަ ދުވަހުގެ ރޭ ވަނީ ހުށަހަޅާފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން އެއް ދަންފަޅިއަށް ސުކޫލްތައް ބަދަލުކުރުމަށް 288 ކްލާސްރޫމް ބޭނުން ވެއެވެ. އެއީ 10 ސްކޫލެވެ. އެ ސްކޫލްތަކުގައި 47 ސައިންސް ލެބާއި 28 ލައިބްރަރީ އާއި 42 އޯޑިއޯ ވިޝުއަލް ރޫމާއި 22 ސްޓާފް ރޫމްގެ އިތުރުން 57 ބަދިގެ ބޭނުންވެއެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް އަޅާ ސްކޫލުތަކުގެ މަސައްކަތް ކުރިއަށް ދާނީ ފަސް އަހަރަށް ބަހާލެވިގެން ކަމަށެވެ. އެ ތަންތަން ޑިޒައިންކުރާނީ އެއް ދަންފަޅިއަށް ކިޔަވާދޭ އެހެން ގައުމުތަކުގެ ސްކޫލުތައް ބެލުމަށް ފަހު އެ ގޮތަށް ކަމަށް މިނިސްޓަރު ޑރ. އައިޝާ ވިދާޅުވި އެވެ.

އެ ސްކޫލްތަކުގައި އިތުރު އެހީގެ ނިޒާމުކުރާނެ ގޮތްތައް އެކުލަވާލައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އާމިނަތު

7 ދުވަަސް ކުރިން

ތި ސްކޫލްތައް އެޅެންވާއިރަށް އެތާ ކިޔަވައިދޭނެ ޓީޗަރުން ތަމްރީން ކުރަން އަވަހަށް ފައްޓާނެ ކަމަށް އުންމީދު ކުރަން.

0
0
ސަހަރޯ

7 ދުވަަސް ކުރިން

ބޮޑަށް ތޮއްޖެހޭނެ އާގޮތެއް ސަރުކާރުން ހޯދީ ދޯ

0
0