19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ތައިލެންޑްގެ އާއްމު އިންތިޚާބު

ތައިލެންޑުގެ އަމީރާ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނޭ

  • އިލެކްޝަންސް ކޮމިޝަނުން އުބޮލްރަތަނާގެ ނަންފުޅު އުނިކުރަން ނިންމީ، އެކަމަނާ އިންތިހާބުގައި ވާދަކުރެއްވުން ބަލައެއް ނުގަނެވޭނެ ކަމަށް ތައިލެންޑުގެ ރަސްގެފާނު ވިދާޅުވުމުން
  • އިލެކްޝަންސް ކޮމިޝަނުން އެކަމަނާގެ ނަން އުވާލުމުގެ ކުރިން، ތައި ރަކްސާ ޕާޓިއިން ވެސް ވަނީ ރަސްގެފާނު ނުރުހުމާއި އެކު، އެކަމަނާގެ ނަން އަނބުރާ ގެންދަން ނިންމާފައި
އަމަން ހަލީމް | soupized

| 11 ފެބުރުވަރީ 2019 | ހޯމަ 22:43 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ތައިލެންޑުގެ ޕްރިންސަސް އުބޮލްރަތަނާ ރަޖަކަންޔާ -- ގެޓީ އިމޭޖާސް

ތައިލެންޑުގެ ރަކްސާ ޗާޓް ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަމަށް ހުށައަޅަން ނިންމެވި އެ ގައުމުގެ އަމީރާ އުބޮލްރަތަނާ ރަޖަކަންޔާއަށް ކުރިޔަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ކަނޑައަޅައި، އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އެކަމަނާގެ ނަން ކެނޑިޑޭޓުންގެ ލިސްޓުން އުނިކޮށްފިއެވެ.

ތައި އިލެކްޝަންސް ކޮމިޝަނުން އުބޮލްރަތަނާގެ ނަންފުޅު އުނިކުރަން ނިންމީ، އެކަމަނާ އިންތިހާބުގައި ވާދަކުރެއްވުން ބަލައެއް ނުގަނެވޭނެ ކަމަށް ތައިލެންޑުގެ ރަސްގެފާނު އަދި އެކަމަނާގެ ބޭބޭފުޅު މަހާ ވަޖިރަލޮންކޯރން ވިދާޅުވުމާއި ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން އެކަމަނާގެ ނަން އުނިކުރަމުން ބުނެފައިވަނީ، ގަނޑުވަރުގެ ބޭފުޅުންނަކީ ސިޔާސީ ކަންކަމަށް ވުރެ މަތީގައި ތިއްބަވަން ޖެހޭ ބޭފުޅުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެކަމަނާގެ ނަން އުވާލުމުގެ ކުރިން، ތައި ރަކްސާ ޕާޓިއިން ވެސް ވަނީ ރަސްގެފާނު ނުރުހުމާއި އެކު، އެކަމަނާގެ ނަން އަނބުރާ ގެންދަން ނިންމާފައެވެ. ތައި ރަކްސާ ޕާޓީއިން މިހެން ކަންކޮށްފައި ވަނީ، އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުވާލަފާނެކަމުގެ ބިރުވެސް އޮތުމާއި އެކުގައެވެ. ތައި ރަކްސާ ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަތްރާ އަދި އޭނާގެ ކޮއްކޯފުޅު ޔިންގލަކް ޝިނަވަތްރާއާއި ގުޅުންހުރި ސިޔާސީ ޕާޓީއެކެވެ.

ތައިލެންޑުގެ ކުރިޔަށް އޮތް އާންމު އިންތިހާބު ވެގެން ދާނީ، ފަސް އަހަރުގެ އަސްކަރީ ވެރިކަމަށް ފަހު، އެ ގައުމުގައި ބޭއްވޭ ފުރަތަމަ އިންތިހާބަށެވެ. މި އިންތިހާބު ވެގެން ދާނީ އަލުން ޑިމޮކްރަސީއަށް ގައުމު ރުޖޫއަކުރަން ލިބޭ ރަނގަޅު ފުރުސަތަކަށް ކަމަށް ވެސް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. މި އިންތިހާބުގައި އަސްކަރީ ބަޢާވާތުގެ ވެރިޔާ އަދި ކުރީގެ ސިފައިންގެ ޖެނެރަލް ޕްރަޔުތް ޗަން-އޫޗާ ވެސް ކުރިމަތިލައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް