16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ބޮލީވުޑް

ކުރީގެ ލޯބވެރިޔާ އަހަރެންނަށް ހައްގެއް ނޫން: ނޭހާ ކައްކަރު

  • ދެމީހުން ރައްޓެހިވެގެން އުޅުންއިރު އާއިލާއާއި ރައްޓެހިންނަށް ވަގުތު ނުދެވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 ފެބުރުވަރީ 2019 | ހޯމަ 19:54 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ނޭހާ ކައްކަރު އާއި ހިމާންޝް ކޯލީ -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި "އިންޑިއަން އައިޑޮލް"ގެ ޖަޖް ނޭހާ ކައްކަރުގެ ކުރީގެ ލޯބިވެރިޔާ ހިމާންޝް ކޯލީ އެނާއަށް ހައްގު ނޫން ކަމަށް ވަނީ ބުނެފައެވެ.

"ބޭޑް ރިލޭޝަންޝިފް" އަކުން މޫވް އޮން ކުރެވުމުން އެކަމާ އުފާވާ ކަމަށާއި އާއިލާ އާއިއެކު ވަގުތު ހޭދަކުރެވޭ ގޮތް ވުމުން އެކަމަށް ޝުކުރުވެރިވާ ކަމަށް ނޭހާ ވަނީ ބުނެފައެވެ.

ޑެއިނިކް ބާސްކަރަށް ދިން އިންޓަވިއުއެއްގައި އުމުރުން 30 އަހަރުގެ ނޭހާ ބުނެފައިވަނީ ހިމާންޝްއާ ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ގުޅުމަކީ އުފާވެރި ގުޅުމެއް ނޫން ކަމަށެވެ.  ހިމާޝްއަކީ ޝަކުވާ ބޮޑު އަދި އުންމީދު ކުރި ކަހަލަ މީހެއް ނޫން ކަމަށް ނޭހާ ވަނީ ބުނެފައެވެ.

"މިހާރު ބުނެވޭނެހާވެސް އެއްޗަކީ ސިންގަލް ކޮށް ހުރުން މާރަނގަޅު. ދެމީހުން ރައްޓެހިވެގެން އުޅުންއިރު އާއިލާއާއި ރައްޓެހިންނަށް ވަގުތު ނުދެވޭ. ހުރިހާ ވަގުތެއް ދެވުނު މީހާއަކީ އަހަރެންނަށް ހައްގު މީހެއް ނޫން". ނޭހާ ވަނީ ބުނެފައެވެ.

ނޭހާ އާއި ހިމާންޝްގެ ލޯބީގެ ގުޅުން ކަށަވަރުކޮށް ދީފައިވަނީ ވެސް އަދި ބްރޭކަޕްވިކަން ވެސް ޔަގީންކޮށް ދީފައިވަނީ  "އިންޑިއަން އައިޑޮލް" ސީޒަން 10 ގެ ތެރޭގަ އެވެ.

ނޭހާ އެންމެ ފަހުން ކިޔާފައިވާ ފާގަހަ ކޮށްލެވޭ ލަވަ ތަކުގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި ފިލްމް "ސިމްބާ" ގެ "އާންކްމާރޭ" ހިމެނެއެވެ.

މީގެ އިތުރުން ކާތިކް އާރްޔަން އާއި ކްރިތީ ސެނޯން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ލޫކާ ޗުއްޕީ" އަށް "ކޮކާ ކޯލާ" ރިމިކްސް ވެސް ކިޔާފއިވެއެވެ.

އުމރުން 29 އަހަރުގެ ހިމާންޝް ބޮލީވުޑަށް ތަޢާރަފް ވެފައިވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޔާރިޔާން" އިންނެވެ.

މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ ކަރަން ޖޯހަރުގެ ފިލްމް "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި ހާއްސަ ފެނިލުމަކުން ހިމާންޝް ފެނިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް