25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އިޖުތިމާއީ މަސައްކަތް

ނައިބު ރައީސް ފައިސަލް ''ވަން ފުވައްމުލައް'' ޖަމިއްޔާގެ މެންބަރުންނާ ބައްދަލުކުރައްވައިފި

  • ޖަމިއްޔާގެ މަސައްކަތްތައް ނައިބު ރައީސްއާ ވަނީ ހިއްސާކޮށްފައި
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 11 ފެބުރުވަރީ 2019 | ހޯމަ 19:30 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  6. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  7. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  8. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ


ނައިބު ރައީސް ވަން ފުވައްމުލަކު ޖަމިއްޔާ އާއި ބައްދަލުކުރެއްވުން -- އާކައިވް

ފުވައްމުލަކު ސިޓީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ވަން ފުވައްމުލައް" ގެ މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެމި ބައްދަލުކުރެއްވުމުގައި، "ވަން ފުވައްމުލައް" ޖަމިއްޔާގެ ފަރާތުން ފުވައްމުލަކުގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކާއި، އާންމުންނާ ގުޅިގެން ބާއްވާ އެކި އިޖުތިމާއީ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ޖަމިއްޔާގެ ފަރާތުން ނައިބު ރައީސަށް އެރުވިއެވެ. އަދި ރަށުގެ ކަންކަމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވެސް އެމަނިކުފާނާ ހިއްސާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ކަންކަން އެ ރަށެއްގެ ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުންފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގަމުންގެންދިއުމަކީ "ވަން ފުވައްމުލައް" ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަ ކުރައްވައި، އެކަމަށް ހިތްވަރު ދެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް