21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބިދޭސީން އެތެރެކުރުން

ބިދޭސީންނާ ގުޅޭ ބައެއް ކަންކަން އިކޮނޮމިކް މިސްޓްރީއަށް ބަދަލުކުރަނީ

  • ކޯޓާ ދިނުމާއި އެމްޕްލޯއިމެންޓް އެޕްރޫވަލް ދިނުމާއި ވިސާ ޑިޕޮސިޓް ފީގެ ކަންކަން ހިމެނޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 11 ފެބުރުވަރީ 2019 | ހޯމަ 17:58 | |

ބިދޭސީންތަކެއް މާރުކޭޓް ސަރަހައްދުގައި މަސައްކަތް ކުރަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން

ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަ ދޫކުރުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ހޯމަ ދުވަހު ނެރެފައިވާ ބަޔާނުގައި ވަނީ ލޭބަރ އެންޑް އެމްޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެ އަށް އެތެރެވުމަށް ހުއްދަ ދިނުމާ ބެހޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ދެމުންގެންދާ ބައެއް ޚިދުމަތްތައް އަންނަ މާރޗް މަހުގެ ތެރޭގައި އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެ ފަދަ ގޮތަކަށް ހުއްދަ ދިނުމުގެ މަސައްކަތްތައް މިނިސްޓްރީ އަށް ބަދަލު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން

އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ނުވަތަ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެ އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމުގެ މަސައްކަތްތާއި ކޯޓާ ހަމަޖައްސައިދިނުން، އެމްޕްލޯއިމެންޓް އެޕްރޫވަލް ދިނުން، ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑް ކުރުން ހިމެނެއެވެ.

މި މަސައްކަތްތައް އިކޮނޮމިކް މިސްޓްރީއަށް އަންނަމަހު ބަދަލުކޮށް މިނިސްޓްރީން ސީދާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފެށުމަށް ހަމަޖެހިފައިވާ ތާރީހު ފަހުން އިއުލާން ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް