16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފޮރިން މިނިސްޓަރ ޝާހިދު

ރާއްޖެއާ އިޓާލީއާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން ވަނީ ވަރުގަދަވެފައި: ޝާހިދު

  • ބިކޯކާ އިން މަގޫދޫގައި ގާއިމް ކޮށްފައިވާ ކެމްޕަސްގެ ސަބަބުން މަގޫދޫ ރައްޔިތުންނަށް ފާއިދާތަކެއް ލިބޭ
އަލީ ސަމާޚް | AliSamah8

| 11 ފެބުރުވަރީ 2019 | ހޯމަ 17:42 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ރާއްޖެއެމްވީ

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ އާއި އިޓާލީއާ ދެމެދު އިގްތިސާދީ ގުޅުން ވަނީ ވަރުގަދަ ވެފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފ. މަގޫދޫގައި ހުންނަ އިޓަލީގެ މިލާނޯ – ބިކޯކާ ޔުނިވާސިޓީގެ ފަރާތުން ހޯމަ ދުވަހު މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ، ބިކޯކާ އިން މަގޫދޫގައި ގާއިމް ކޮށްފައިވާ ކެމްޕަސްގެ ސަބަބުން އެ ރަށު ރައްޔިތުންގެ އެތަކެއް ފައިދާ ލިބެމުންދާ ކަމަށެވެ.

ދިވެހިރާއްޖެ އަށް އިޓަލީގެ ގިނަ ފަތުރުވެރިންތަކެއް ޒިޔާރަތް ކުރާ ކަމަށާއި، އަދި ޓޫރިޒަމްގެ އެކި ދާއިރާތަކުގައި އިޓަލީގެ މީހުން މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.  

'' އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން އަންނަނީ ޔޫރަޕު ގައުމުތަކުން. ... 100 އަށް ވުރެ ގިނަ އިޓަލީ މީހުން ރާއްޖޭގެ ޓޫރިޒަމް ގައި ހަރަކާތްތެރިވޭ. އަދި މީގެ އިތުރުން ރާއްޖެއާ އިޓަލީ އާ ދެމެދު އޮންނަ އިގްތިސާދީ ގުޅުން ވަނީ ފައިތުވި ފަސް އަހަރު ތެރޭގައި ވަރުގަދަވެފައި،''  ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިޓަލީން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅުއްވަފައިވާ ސަފީރު ޖޫލިއާނާ މަންނޭލާ ވިދާޅުވީ، އިޓަލީ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، މީގެ 10 އަހަރު ކުރިން ރާއްޖޭގައި ގާއިމްކުރެވުނު ބިކޯކާ އައުޓްޕޯސްޓްގެ ސަބަބުން އެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ.

މިލާނޯ ޔުނިވާސިޓީން މަގޫދޫގައި ހަދާފައިވާ ކެމްޕަސްގައި ހަދާ ރިސާޗްތަކަކީ، އެ ޔުނިވާސިޓީ އިން އެންމެ ބޮޑަށް ޝައުގުވެރިކަމާ އެކު ކުރިޔަށް ގެންދާ ރިސާޗް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ބިކޯކާގެ ހިދުމަތް ފުޅާވެ އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެން ދިޔުމަށް އުއްމީދު ކުރައްވާ ކަމަށް ޖޫލިއާނާ ވިދާޅުވިއެވެ.     

މި ރަސްމިއްޔާތުގައި މިލާނޯ-ބިކޯކާ އާއި މޯލްޑިވްސް ޕޮލިސް ސާވީސްއާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ބިކޯކާ އެކު ވެވުނު އެއްބަސްވުމާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ބިކޯކާއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ސޯޝަލް ސައިންސްގެ ދާއިރާއިން ބިކޯކާގެ ރިސާޗް ފެސިލިޓީ އިން ފުލުހުންނަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން މޫސުމާ ބެހޭ ގޮތުން އެ ޔުނިވާސިޓީ އިން ކުރާ ދިރާސާތަކުގައި ފުލުހުންނާ ގުޅުން ހުރި ކަންތައްތަކުގައި އިތުރު އެހީތަކެއް ހޯދިގެންދާނެ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ. މީގެ ކުރިން ވެސް އެފާރަތުން ފުލުހުންނަށް ތަމްރީނު ޕޮރްގްރާމްތަކެއް ދީފައިވާ ކަން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.

 ''ތިން ޓްރެއިނިން ޕޮރްގްރާމެއް ހިންގާފައިވޭ . 2016 އާއި މިހާތަނަށް. ހަމަ އެފަދައިން އިތުރު ޓްރެއިނިން އެންގޭޖްމެންޓްސްތަކާއި، ރިސާޗް ހާއްސަ ކޮށް. ފުލުހުންގެ މަސައްކަތުގައި ވެސް އެބަހުރޭ ވަރަށް ބައިވަރު ރިސާޗް . ހާއްސަކޮށް މިޒަމާނުގެ އެވިޑެންސް ބޭސްޑް ޕޮލިސީ ކަހަލަ ... އަޅުގަނޑު އުއްމީދު ކުރަނީ މި އާކުރެވުނު އެއްބަސްވުމުގެ ދަށުން އިތުރު ފުރުސަތުތަކެއް އަޅުގަނޑުމެންނަށް ލިބިގެން ދިޔުން'' އެކްޓިން ކޮމިޝަނަރ ވިދާޅުވިއެވެ.

 މިލާނޯ – ބިކޯކާ ޔުނިވާސިޓީގެ އައުޓް ޕޯސްޓް ރާއްޖޭގައި ހުޅުވާފައި ވަނީ 2009 ވަނަ އަހަރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް