16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ލޭބަރ ޕާޓީގެ ފަރާތުން މަޖިލިހަށް ކުރިމަތިލައްވާ ފަރާތްތަކާއި ޓިކެޓު ހަވާލުކޮށްފި

  • ލޭބަރ ޕާޓީގެ ފަރާތުން ވާދަކުރަން ދިހަ ފަރާތަކާއި ވަނީ ޓިކެޓު ހަވާލުކޮށްފައި
  • ލޭބަރ ޕާޓީއިން ވަނީ ޔުނިވަރސަލް ބޭސިކް އިންކަމް (ޔޫ.ބީ.އައި) ކިޔާ ބައިނަލްއަގްވާމީ ހަރަކާތަކާއި (އެން.ޖީ.އޯއަކާއި) އެކު އެ ޕާޓީން އެފިލިއޭޓް ވީކަން ވެސް އިއުލާންކޮށްފައި
އަމަން ހަލީމް | soupized

| 11 ފެބުރުވަރީ 2019 | ހޯމަ 17:07 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ލޭބަރ ޕާޓީގެ ޓިކެޓުތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ފަރާތްތަކާއި އެ ޕާޓީގެ ޓިކެޓު ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު ސައިރިކްސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ލޭބަރ ޕާޓީގެ ފަރާތުން މަޖިލީހުގެ ދިހަ ދާއިރާއަކަށް ވާދަކުރައްވާ ފަރާތްތަކަކާއި ވަނީ ޓިކެޓު ހަވާލުކޮށްފައެވެ. ޓިކެޓުތައް އެ ފަރާތްތަކާއި ހަވާލުކޮށްދެއްވީ ޕާޓީގެ ލީޑަރޝިޕް ކޮމިޓީގެ ޗެއަރ އަހްމަދު ޝިހާމްއެވެ. އެގޮތުން ޓިކެޓުތައް ހަވާލުކޮށްފައިވަނީ ކިނބިދޫ ދާއިރާއަށް މުހައްމަދު އަމްޖަދު، ހިންނަވަރު ދާއިރާއަށް ޒިޔާދު ރަޝާދު، ނޮޅިވަރަމް ދާއިރާއަށް އިބްރާހިމް ރަމީޒް، މިލަންދޫ ދާއިރާއަށް އާދަމް ޝިފާއު، މާމިގިލި ދާއިރާއަށް އަހްމަދު އިބްރާހިމް، ހުޅުމާލެ ދާއިރާއަށް އިބްރާހިމް ޙަލީލް އަބްދުﷲ، ހެންވޭރު ދެކުނު ދާއިރާއަށް އިބްރާހިމް ވަހީދު، ފަރެސްމާތޮޑާ ދާއިރާއަށް އަލީ ނަޖީބު، އޭފަދުށީ ދާއިރާ ޔޫސުފް މޫސާ އަދި ދާންދޫ ދާއިރާއަށް ހުޝާމް އަލީއެވެ.

ޓިކެޓު ހަވާލުކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ލޭބަރ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސީން ވިދާޅުވީ، ގިނަ ބަޔަކު ޕާޓީގެ ޓިކެޓު ހޯދަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ޕާޓީން ޓިކެޓު ހަވާލުކޮށްފައި ވާނީ ޕާޓީގެ އުސޫލުތަކާއި ހަމަތައް ގަބޫލުކުރާ އަދި އެއާއި އެއްގޮތަށް މަސައްކަތް ކުރެވޭނެ މީހުންނަށް ކަމަށެވެ.

"ޓިކެޓަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މިންގަނޑުތަކަކުން ބަލާ، ކިރާ، މިނާ ހެދުމަށް ފަހު، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ފަރާތްތަކާއި ޓިކެޓު ހަވާލުކުރީ ނުވަތަ ތަމްސީލު ކުރުމުގެ ފުރުސަތު މި ދެނީ" ހަސީން ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކާއި ޓިކެޓު ހަވާލުކުރި ނަމަވެސް، އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ކަމަށް ހަސީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނަން ޕާޓީގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތްވާ ގޮތުގަ މަތީން ޕާޓީ ތަމްސީލުކުރާނެ ރަނގަޅު ކެނޑިޑޭޓުން ލިބިއްޖެ ނަމަ އިތުރު އެހެން ދާއިރާތަކަށް ވެސް ވާދަކުރަން" ހަސީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ލޭބަރ ޕާޓީއިން ވަނީ ޔުނިވަރސަލް ބޭސިކް އިންކަމް (ޔޫ.ބީ.އައި) ކިޔާ ބައިނަލްއަގްވާމީ ހަރަކާތަކާއި (އެން.ޖީ.އޯއަކާއި) އެކު އެ ޕާޓީން އެފިލިއޭޓް ވީކަން ވެސް އިއުލާންކޮށްފައެވެ. ޔުނިވަރސަލް ބޭސިކް އިންކަމްއަކީ ސަރުކާރުގެ ފަރާތުން ހުރިހާ ރައްޔިތުންނަށް އިނާޔަތެއް ދިނުމުގެ ވިސްނުމުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. ލޭބަރ ޕާޓިގެ ޓިކެޓުގައި މަޖިލީހަށް ހޮވޭ ފަރާތްތަކުން ބިލެއްގެ ސިފައިގައި މިކަން ހުށައަޅުއްވާނެ ކަމަށްވެސް ހަސީން ވިދާޅުވިއެވެ.

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަކީ މަސައްކަތްތެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ، ސެންޓަރ ލެފްޓް ފިކުރުގެ ސިޔާސީ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުގައި ޕާޓީ ރަޖިސްޓްރީކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް